ކ.ހިންމަފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައުގެ ދެވަނަ ޝިޕްމަންޓް އެރަށަށް ގެންގޮސްފިއެވެ.
ހިންމަފުށީ ބަނދަރުގެ އެއްގަމު ތޮށިލުމަށްޓަކައި ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެމްޓީސީސީން ބުނީ ހިންމަފުށި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު (ދެވަނަ ފިޔަވަހި) ގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް 4 ފެބްރުއަރީގައި ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާކަމަށެވެ.
ހިންމަފުށީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ބުނީ މިބަނދަރުގެ ތަރައްޤީކުރަނީ ބަނދަރުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައި އޮތް ހިންމަފުށީ ރައްޔިތުން ބޭނުންވާ ގޮތަށް ފަރުމާކުރެވިގެންކަމަށެވެ.
ކ. ހިންމަފުށި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު (ދެވަނަ ފިޔަވަހި) ގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް 4 ފެބްރުއަރީ 2022 ވަނަ ދުވަހު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި. #MTCCProjects #RayyithungeKunfuni pic.twitter.com/PBRlO3haZQ
— MTCC Plc (@MTCCPlc) February 7, 2022
ހިންމަފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރު ހިމެނޭ ސަރަހައްދުން 14،300 ކިއުބިކް މީޓަރުގެ ސަރަހައްދެއް ވަނީ ފުންކޮށް ނިންމާފައެވެ. މިހާރު ކުރަމުންދަނީ އެއްގަމު ތޮށިލުމަށް ބޭނުން ކުރާ ކޮންކްރީޓް ބޮލޮކްތައް އެޅުމުގެ މަސައްކަތެވެ. މި މަޝްރޫޢުގެ ދަށުން 38 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ހިލައިން ރިވެޓްމަންޓް ޖެހުމާ 172 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލާ ނެރު ބައްތި ހަރުކުުރުމަށްވަނީ ހަމަޖެހިފައެވެ.
ހިންމަފުއްޓަކީ ބައިނަލްއަޤުވާމީ ފެންވަރުގެ 4 މަސް ފެކްޓްރީ ހިންގަމުން އަންނަ ރަށަކަށްވުމުން އެރަށަށް ގިނަ އަދަދެއްގެ މަސްދޯނިފަހަރު ބަނދަރަށް ވަދެނިކުމެ ހަދާއިރު ނެރުގެ ޖާގަ ހަނިވުމާ ބަނދަރުގައި އެކަށީގެންވާވަރަށް ޖާގަނެތުމަކީ އޭރުއޮތް ބޮޑު ކަންބޮޑުވުމެއްކަން އެރަށު ކައުންސިލުން ފާހަގަކުރެއެވެ.
ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ރާއްޖޭގެ އެކި ރަށްރަށުގައި ބަނދަރު ހެދުމާއި ހަލާކުވެ ބޭނުން ނުކުރެވޭރުވެފައި ހުރި ބަނދަރުތައް ތަރައްޤީ ކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
ހިންމަފުށީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 25.88 މިލިއަން ރުފިޔާއަށެވެ.
ކޮމެންޓު ފޮނުވާ