ޕީސީބީގެ ރައީސް އާސިމަށް ރުހުން ހޯދަން ހުށައަޅައިފި

ޕީސީބީގެ ރައީސް އާސިމަށް ރުހުން ހޯދަން ހުށައަޅައިފި

Author
މުޙައްމަދު ޖިމީ
07 ފެބްރުއަރީ 2022 09:47
0

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސަކަށް އައްޔަންކުރައްވާފައިވާ އާސިމް މުޙައްމަދަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސަކުރަން ކޮމިޓީއަށް ފޮނުވައިފިއެވެ.

ޕީސީބީގެ ރައީސްއަކަށް އާސިމް މުޙައްމަދަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާކުރުމަށް ފޮނުއްވީ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީއަށެވެ. ޕީސީބީގެ ރައީސްކަމަށް އާސިމް އައްޔަންކުރައްވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 15ވަނަ ދުވަހުއެވެ.

ޕީސީބީގެ ރައީސްކަމަށް އާސިމް އައްޔަންކުރެއްވުމުގެ ކުރިން ހުންނެވީ އެ ބޯޑްގެ ނާއިބު ރައީސްކަމުގެ މަޤާމުގައެވެ.

ޕީސީބީގެ ބޯޑުގައި އާސިމްގެ އިތުރުން ދެން ތިއްބެވި މެންބަރުންނަކީ އައިޝަތު ޝާޒްލީ އާއި، އަލީ ޝަފީއުއާއި، އަހްމަދު ޝަރީފް ޔޫސުފްއާއި، ރުޝާހާ އަހަމްދު ޝަރީފްގެ އިތުރުން އަލީ ސުޖާއުއެވެ.

ދައުލަތުގެ ކުންފުނިތައް ޕްރައިވެޓައިޒް ކޮށްގެން 771 މިލިއަން ރުފިޔާ ހޯދުމަށް ދައުލަތުގެ މިއަހަރު ބަޖެޓުގައި ވަނީ ހިމަނާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.