މަޖިލީހުގެ ޖަލްސާތައް މާދަމާ ފަށަނީ

މަޖިލީހުގެ ޖަލްސާތައް މާދަމާ ފަށަނީ

Author
މުޙައްމަދު ޝަޒައިމް
06 ފެބްރުއަރީ 2022 10:29
0

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާތައް މާދަމާ ފެށުމަށް މަޖިލީހުގައި އެޖެންޑާކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާ ބާއްވާފައިވަނީ މިމަހުގެ 3 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް އިއްވި ރިޔާސީ ބަޔާނުންނެވެ. ރިޔާސީ ބަޔާނަށްފަހު މަޖިލީހުގެ މިދައުރުގެ ޖަލްސާތައް މާދަމާ ފެށުމަށް ވަނީ އެޖެންޑާކޮށްފައެވެ.

މާދަމާގެ ޖަލްސާގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމަށް، ރައްޔިތުންގެ މަޖިލީހުގެ ހޯއްދެވުމަށް ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުމަށް ވަނީ އެޖެންޑާކޮށްފައެވެ. މީގެ އިތުރުން ވާރލްޑް ޓްރޭޑް އޮގަނައިޒޭޝަން )ޑަބްލިއު.ޓީ.އޯ( ގެ "ޓްރޭޑް ރިލޭޓަޑް އެސްޕެކްޓްސް އޮފް އިންޓެލެކްޗުއަލް ޕްރޮޕަޓީ ރައިޓްސް )ޓްރިޕްސް(" ގެ އެއްބަސްވުމަށް ބަދަލު ގެނައުމަށްޓަކައި އެކުލަވާ ލާފައިވާ ޕްރޮޓޮކޯލްކަމަށްވާ "ޕްރޮޓޮކޯލް އެމެންޑިންގދަ ޓްރިޕްސް އެގްރީމެންޓް" ދިވެހިރާއްޖެއިން ބަލައިގަނެ ތަޞްދީޤުކުރުމާމެދު، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާފޮނުއްވާފައިވާ މައްސަލަވެސް ވަނީ އެޖެންޑާކޮށްފައެވެ.

މާދަމާގެ ޖަލްސާގައި ބަހުސް ކުރުމަށް އެޖެންޑާކޮށްފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްއެވެ. މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ފަށާއިރު، މަޖިލީހުގެ ގިނަ މަސައްކަތަކެއް އޮތީ ކޮމެޓީތަކުގައެވެ.

އަދި މިދައުރުގެ ތެރޭގައި ހުސްވެފައިވާ އޭސީސީގެ މެމްބަރުކަމަށް މެމްބަރުން ކަނޑައެޅުމުގެ މަސައްކަތް ކުރެވިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.