ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ފޯކައިދޫގައި ވޯޓުލާ ސަރަހައްދުގައި އެމްޑީޕީ ކެނޑިޑޭޓް ރާޝިދު ކެމްޕެއިން ކުރައްވަމުންދާ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.
އިލެކްޝަންސް ކޮމިޝަނަށް މިމައްސަލަ ހުށަހެޅި އިދިކޮޅު ޕީޕީއެމުންނެވެ. ޕީޕީއެމުން ބުނެފައިވަނީ އިންތިޚާބުތަކާއި ބެހޭ ޤާނޫނާއި ޚިލާފަށް، އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓަކު އިންތިޚާބީ މަރުކަޒެއްގެ ކައިރީގައި ކެމްޕެއިން ކުރަމުންދާ މައްސަލައަކީ ބޮޑު މައްސަލައެއްކަމަށެވެ. އަދި މިކަމަކީ ސީދާ އިންތިޚާބަށް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ވޯޓު ދިނުމަށް އަންގަންދާ ނުފޫޒު ފޯރުވުމުގެ އަމަލެއްކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ.
މިއިންތިޚާބުގައި މާލެ ސަރަހައްދުގައި ބަހައްޓާފައިވާ 2 ވޯޓު ފޮއްޓަށް ވޯޓުލާން ގިނަ ބަޔަކު ގޮސްފައިވާއިރު، އެސަރަހައްދުގައި ފައިސާގެ މުއާމަލާތްތަކައި އިންތިޚާބަށް ނުފޫޒު ފޯރުވާ މައްސަލަ އިދިކޮޅު ޕީޕީއެމުން ވަނީ އިލެކްޝަން ހުށަހަޅާފައެވެ.
Vote foshi kairee campaign koh, e thanugai thibi sarukaaru kunfunithakuge muvazzafunah inzaaru dhemun MDP candidate Rashid ulhey iru elections commission ah nufeneytha? pic.twitter.com/dTb56It3Gs
— Ahmed Azaan (@axanner) February 5, 2022
ޕީޕީއެމުން ބުނެފައިވަނީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް އިސްކަންދަރު ސްކޫލު ކުރިމަތީގައި ހުރި މަ އޮނިކްސް ކިޔާ ގެއެއްގެ ތެރޭގައި ވޯޓަށް ނުފޫޒު ފޯރުވުމަށް އެމްޑީޕީއިން ފައިސާ ބަހާ މައްސަލަ އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާކަމަށެވެ.
ކޮމަންޑޫދާއިރާގެ މާލޭގައި ބަހައްޓާ 2 ވޯޓުފޮށި ބަހައްޓާފައިވަނީ، އިސްކަންދަރު ސްކޫލުގައެވެ. މާލޭގައި ބަހައްޓާފައިވާ 2 ފޮއްޓަށް 1،300 މީހުން ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، މީގެ ތެރެއިން އެއްފޮށި ޚާއްސަ ކޮށްފަިއވަނީ މާލޭގައި ދިރިއުޅޭ ކޮމަންޑޫ ރައްޔިތުންނަށެވެ. އެފޮއްޓަށް 693 މީހަކު ވޯޓުލުމުގެހައްގު ލިބިފައިވެއެވެ.
ކޮމެންޓު ފޮނުވާ