މިއަދު ކުރިއަށްދާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އިންތިޚާބަށް ނުފޫޒު ފޯރުވައި، އެމްޑީޕީއަށް ވޯޓު ހޯދުމަށް ފައިސާ ބަހަމުންދާކަމަށްބުނެ އެމައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.
ކޮމަންޑޫ ދާިއރާގެ 3 ރަށުގެ އިތުރުން މާލޭގައި ވޯޓުލުން ކުރިއަށްދެއެވެ. ޖުމްލަ 7 ފޮށްޓެއް ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި ވޯޓުލުމަށް ބަހައްޓާފައިވެއެވެ. މާލޭގައި 2 ފޮށި، ކޮމަންޑޫގައި 2 ފޮށި، ފޯކައިދޫގައި 2 ފޮށި އަދި މަރޮށީގައި ވަނީ ފޮއްޓެއް ބަހައްޓާފައެވެ. މިއިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ 3،309 މީހުންނެވެ.
މިއިންތިޚާބުގައި މާލެ ސަރަހައްދުގައި ބަހައްޓާފައިވާ 2 ވޯޓު ފޮއްޓަށް ވޯޓުލާން ގިނަ ބަޔަކު ގޮސްފައިވާއިރު، އެސަރަހައްދުގައި ފައިސާގެ މުއާމަލާތްތަކައި އިންތިޚާބަށް ނުފޫޒު ފޯރުވާ މައްސަލަ އިދިކޮޅު ޕީޕީއެމުން ވަނީ އިލެކްޝަން ހުށަހަޅާފައެވެ.
ޕީޕީއެމުން ބުނެފައިވަނީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް އިސްކަންދަރު ސްކޫލު ކުރިމަތީގައި ހުރި މަ އޮނިކްސް ކިޔާ ގެއެއްގެ ތެރޭގައި ވޯޓަށް ނުފޫޒު ފޯރުވުމަށް އެމްޑީޕީއިން ފައިސާ ބަހާ މައްސަލަ އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާކަމަށެވެ.
ކޮމަންޑޫދާއިރާގެ މާލޭގައި ބަހައްޓާ 2 ވޯޓުފޮށި ބަހައްޓާފައިވަނީ، އިސްކަންދަރު ސްކޫލުގައެވެ. މާލޭގައި ބަހައްޓާފައިވާ 2 ފޮއްޓަށް 1،300 މީހުން ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، މީގެ ތެރެއިން އެއްފޮށި ޚާއްސަ ކޮށްފަިއވަނީ މާލޭގައި ދިރިއުޅޭ ކޮމަންޑޫ ރައްޔިތުންނަށެވެ. އެފޮއްޓަށް 693 މީހަކު ވޯޓުލުމުގެހައްގު ލިބިފައިވެއެވެ.
މާލޭގައި ބަހައްޓާފައިވާ އަނެއް ފޮއްޓަށް މަރޮށި، ފޯކައިދޫ ރައްޔިތުންގެ ތެރެއިން 607 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. މިފޮއްޓަށް، ފޯކައިދޫ، 271 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، މަރޮށީގެ 336 މީހުންނަށް ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.
ކޮމެންޓު ފޮނުވާ