ކޮމަންޑޫ ދާއިރާގައި އެމްޑީޕީގެ ފިކުރު ބަދަލުވާންޖެހޭ ސަބަބެއްނެތް: ރައީސް

ކޮމަންޑޫ ދާއިރާގައި އެމްޑީޕީގެ ފިކުރު ބަދަލުވާންޖެހޭ ސަބަބެއްނެތް: ރައީސް

Author
މުޙައްމަދު ޝަޒައިމް
03 ފެބްރުއަރީ 2022 08:18
0

މިހާތަނަށްވެސް ކޮމަންޑޫ ދާއިރާއަކީ އެމްޑީޕީގެ ވިސްނުމާއި، ފިކުރާއި އެއްގޮތަށް ކުރިއަށްދިޔަ ދާއިރާއެއް ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް ކޮމަންޑޫ ދާއިރާގައި އެމްޑީޕީގެ ވފިކުރު ބަދަލުވާންޖެހޭ ސަބަބެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީއަށް ތާއީދު ހޯދަން ށ. ފޯކައިދު އަށް ވަޑައިގެން ރައީސް ސޯލިހް ވިދާޅުވީ ސިޔާސީ ވަކި ފިކުރެއް ހުރި ކަމުގައި ވިޔަސް، ދާއިރާގެ ތަރައްގީއަށްޓަކައި ކުރާ މަސައްކަތުގައި ނުކުމެ، އެމްޑީޕީއަށް ވޯޓު ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ރައްޔިތުން، އެ އަހަރުގެ އިންތިހާބުގައި މަޖިލީހަށް އެމްޑީޕީގެ މެމްބަރަކު އިންތިހާބުކުރީ ސަރުކާރަށް ތާއިދުކުރާ ކެންޑިޑޭޓަކު ހޮވުމުގެ އިތުރުން އެ ދާއިރާގައި ސަރުކާރުން ހިންގަން ނިންމާފައި ހުރި މަޝްރޫއުތަކަށް ބަސް އިއްވަން ކަމަށެވެ. އަދި އެވިސްނުމާއި އެއްގޮތަށް ކޮމަންޑޫ ދާއިރާ ތަރައްޤީ ކުރުމަށް އެމްޑީޕީގެ ފިކުރު އެދާއިރާއިން ބަދަލުވާންޖެހޭ ސަބަބެއް ނުވިސްނޭކަމަށް ރައީސް ވިދާޅުވިއެވެ.

ތިޔަ ބޭފުޅުން 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރީ ފިކުރެއް. އެ ފިކުރު އެބައޮތް. އެ ވިސްނުން އެބައޮތް. އެކަން ދަމަހައްޓަން ޖެހޭނެ، އެކަން އެގޮތުގައި ބޭއްވުމަކީ މި ދާއިރާގެ ތަރައްގީއަށްޓަކައި އަޅުގަނޑުމެން ކުރަން ނިންމާފައި ހުރި ކަންތައްތައް އަވަސްވެ، ފުރިހަމަވެގެންދާނެ ކަމެއް.

– ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މިޖަލްސާގައި ކޮމަންޑޫ ދާއިރާއަށް ސަރުކާރުން ކޮށްދެއްވަމުންދާ ކަންތައްތަށް ތަފްސީލީ ގޮތެއްގައި ބައްލާވާފައެވެ. ރައީސް ވިދާޅުވީ މިއިން ޒަމާނަކު ނާންނަވަރުގެ ބޮޑު ތަރައްޤީއެއް ކޮމަންޑޫ ދާއިރާއަށް އަންނަމުންދާކަމަށެވެ. އަދި ކޮމަންޑޫ ދާއިރާއަކީ ސިޔާސީ ބޭފުޅުންގެ ރާޑަރަށް މީގެކުރިން ނާރާ އޮތް ދާއިރާއެއް ނަމަވެސް މިއީ އަބަދުވެސް އެމްޑީޕީއާއި ގާތް ގުޅުމެއް އޮންނަ ދާއިރާއެއްކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ކޮމަންޑޫ ދާއިރާގައި ވެސް ޕީޕީއެމް އާއި އެހެން ޕާޓީތަކުގެ ފިކުރުގެ މީހުން އުޅޭނެ ކަމަށާއި ނަމަވެސް މި އިންތިހާބުގައި އެ ރައްޔިތުން ވިސްނަން ޖެހޭނީ ތަރައްގީއަށް ކަމަށެވެ. އަދި ކޮމަންޑޫ ދާއިރާއަށް ތަރައްގީ ގެނެވޭނީ އެމްޑީޕީގެ ފިކުރަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

J Junaidh
PPM ah verikam dhineemaa gaumu idhajassaaalee. Emmen jalah lee. Rayyithun bika kohly. Tharahgy ey kiyaafa badget dhabaalee. Mifaharu MDP in gaumu kolhah nagaathy PPM ashaa Baagee Nazim menah hajam nuvegen miulheny.