ހޮނިހިރު ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދާކުރާ އިދިކޮޅު ކެނޑިޑޭޓް މޫސާ ފަތުޙީއަށް ފޯކައިދޫގައި އޮތް ތާއީދު ދައްކާލައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ.
މިއަދު ހަވީރު ފޯކައިދޫގެ ގިނަ އަދަދެއްގެ މީހުންނާއިއެކު އެރަށުގެ މަގުތަކުގައި ކުރިއަށްދިޔަ ހިނގާލުމުގައި ބައިވެރިވި މީހުންވަނީ ފަތުހީއަށް ވޯޓު ދެއްވުމަށާއި، މިއިންތިޚާބު ޕީޕީއެމުން ބޮޑުތަނުން ކާމިޔާބު ކުރާނެކަމަށް ބުނެފައެވެ. މި ހިނގާލުމުގައި މިވަގުތު ފޯކައިދޫގައި ތިބި އިދިކޮޅު ކޯލިޝަންގެ އިސްބޭފުޅުންވެސް ވަނީ ބައިވެރިވެފައެވެ.
މިހިނގާލުން ބާއްވާފައިވަނީ، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ކެނޑިޑޭޓް ރާޝިދުގެ ކެމްޕެއިނަށް ރައީސުލްޖުމްހޫރިއްޔާއާއި، މަޖިލިސް ރައީސް އަދި ކޯލިޝަން ލީޑަރުންގެ ތެރެއިން ޤާސިމް އިބްރާހިމްއާއި، ޝައިޚު އިމްރާނާއިއެކު މިއަދު ކޮމަންޑޫ ދާއިރާއަށް ވަޑައިގެންފައި ވަނިކޮށެވެ. ފޯކައިދޫއަކީ އެމްޑީޕީގެ ކެނޑިޑޭޓް ރާޝިދު ނިސްބަތްވާ ރަށެވެ.
Rayyithunge Majlis #KomandooDhaairaa by-election PPM (Candidate No. 2) @M_Fathuhy ge Door to Door campaign Sh.Foakaidhoo ga kuriyah dhanee.#Vote2 ✅#VoteRukah #VotePPM #VoteFathuhee#IndiaOut pic.twitter.com/IKpnEvEES6
— Progressive Party of Maldives (@ProgressPartyMV) February 3, 2022
މިއިންތިޚާބުގައި އިދިކޮޅު ކޯލިޝަނުން ގެންދަނީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށާއި، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ސަރުކާރުން ގިނަ ކަންތައްތަކެއް ކުރަމުންދާކަމުގެ ތުހުމަތު ކުރަމުންނެވެ. ނަމަވެސް މިމައްސަލަތަކަށް އިލެކްޝަން ކޮމިޝަނުން މިހާތަނަށް މާބޮޑު އަޅާލުމެއް ދީފައިނުވެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ހޮނިހިރު ދުވަހު ބާއްވާއިރު، މާދަމާގެ އިރުއޮއްސި 6 ޖެހުމަށްފަހު ކެމްޕެއިން އެއްވެސް ހަރަކާތެއް ހިންގުމަކީ ޤާނޫނީ ގޮތުން މަނާކަމެވެ. ކޮމަންޑޫ ދާއިރާގެ ހުރިހާ ރަށެއްގައާއި، މާލޭގައި މިއިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނެއެވެ.
ކޮމެންޓު ފޮނުވާ