މިރޭ ފަތިހުން ފެށިގެން މަޖިލިސްކުރާގޭ ކައިރީ ގިނަ މަގުތަކެއް ބަންދު

މިރޭ ފަތިހުން ފެށިގެން މަޖިލިސްކުރާގޭ ކައިރީ ގިނަ މަގުތަކެއް ބަންދު

Author
މުޙައްމަދު ޝަޒައިމް
02 ފެބްރުއަރީ 2022 02:57
0

ރައީސުލްޖުމްހޫރިއްޔާ މާދަމާ ރައްޔިތުންގެ މަޖިލީހަށް ރިޔާސީބަޔާން އިއްވުމަށް ބާއްވާ ޖަލްސާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް މިރޭ ފަތިހުން ފެށިގެން މަޖިލިސްގޭ ކައިރީގެ ގިނަ މަގުތަކެއް ބަންދު ކުރުމަށް ނިންމައިފިއެވެ.

ފުލުހުން ބުނެފައިވަނީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައިދެއްވައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ މަޖިލީސްކުރާ ގޭގައި ބޭއްވުމަށް ހަމަޖެހިފައިވާތީ، ރައްޔިތުން މަޖިލިސް ހިމެނޭ ސަރަޙައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެ ސަރަޙައްދުގައި ހިމެނޭ މަގުތައް އެއްގަމު ދަތުރުފަތުރުގެ ނިޒާމުގައި ބޭނުންކުރާ އުޅަނދުތަކަށާއި ހިނގާބިނގާވާ މީހުންނަށް ނުވަދެވޭނެގޮތަށް ބަންދުކުރާ ގޮތަށް ވަނީ ހަމަޖެހިފައިކަމަށެވެ.

އެގޮތުން މާދަމާ 05:45 ން ފެށިގެން ޖަލްސާ ނިމެންދެން އެސަރަހައްދުގެ މަގުތައް އާންމު ދަތުރުފަތުރަށާއި ހިނގާ މީހުންނަށް ބަންދުކުރުމަށްވަނީ ހަމަޖެހިފައިކަމަށެވެ.

މީގެ އިތުރުން މިރަަސްމިއްޔާތަށް މެދުޒިޔާރަތްމަގު މަޖީދިއްޔާ ސްކޫލު ކައިރިން ފެށިގެން ދަރުމަވަންތަ ސްކޫލް ކައިރީ ޕާކިންގ ޒޯނާއި މަޖިލިސް އިދާރާ ކުރިމަތިން އޮންނަ ޕާކިންގ ޒޯން ހުސްކުރުމަށްވަނީ ހަމަޖެހިފައިކަމަށެވެ. އެހެންކަމުން އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް މިއަދު 15:00 ގެ ކުރިން ނެންގެވުމަށް އުޅަނދުތަކުގެ ވެރިފަރާތްތަކަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.