ސަރުކާރުންވަނީ ކެމްޕޭނާ ދިމާކޮށް ކޮމަމްޑޫ މަތި ކޮމަންޑޫ ބްރިޖް މަޝްރޫއު ފައްޓަވާ ދެއްވާފަ

ބަޖެޓްކުރީ 28 މިލިއަން، އިންތިޚާބާ ދިމާކޮށް ފެށި މަޝްރޫޢުތަކުގެ އަގު 245 މިލިއަނުން މަތީގައި!

ބަޖެޓްކުރީ 28 މިލިއަން، އިންތިޚާބާ ދިމާކޮށް ފެށި މަޝްރޫޢުތަކުގެ އަގު 245 މިލިއަނުން މަތީގައި!

ކޮމަންޑޫ ދާއިރާގެ ތަރައްޤީއަށް ޕީއެސްއައިޕީ ބަޖެޓްގައި ކަނޑައެޅި ޢަދަދަށްވުރެ އެތައް މިލިއަން ރުފިޔާއެއް އިންތިޚާބާއި ދިމާކޮށް ޚަރަދުކޮށްފައިވާކަން ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކޮމަންޑޫ ދާއިރާއަށް މިއަހަރު 28 މިލިއަން ރުފިޔާ ޕީއެސްއައިޕީ ބަޖެޓްގައި ކަނޑައަޅާފައިވެއެވެ. ނަމަވެސް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ދިމާކޮށް ކުއްލިއަކަށް ސަރުކާރުން ފެށި ގިނަ މަޝްރޫޢުތަކާއެކު އެ ދާއިރާގެ ތަރައްޤީއަށް މިހާތަނަށް 254 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ކޮމަންޑޫ ދާއިރާގެ އިންތިޚާބާ ދިމާކޮށް ސަރުކާރުން އެ ދާއިރާގައި ކުއްލިއަކަށް ފެށި ގިނަ މަޝްރޫޢުތަކާއެކު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ. ސަރުކާރުން އިންތިޚާބާ ދިމާކޮށް ފެށި މަޝްރޫޢުތަކުގެ ތެރޭގައި ކޮމަންޑޫއާއި މަތިކޮމަންޑޫ ބިންހިއްކައިގެން ގުޅުވާލުމުގެ މަޝްރޫޢުއާއި، ކޮމަންޑޫ އައިސްޕްލާންޓް މަޝްރޫޢުއާއި، ކޮމަންޑޫ ކައިރީގައި ތިން ރިސޯޓް ތަރައްޤީކުރުމުގެ މަސައްކަތާއި، ފޯކައިދޫ ޗަކަ ބިން ހިއްކައިގެން ގޯތި ދޫކުރުމުގެ މަޝްރޫޢު ހިމެނެއެވެ. މީގެ އިތުރުން އެއްގަމް ތޮއްޓާއި ބޭރު ތޮށި މަރާމާތުކުރުމުގެ މަސައްކަތާއި ފުޓުބޯޅަ ދަނޑު ތަރައްޤީކުރުންފަދަ މަޝްރޫޢުތައް ހިމެނެއެވެ.

މިއަހަރަށް ބަޖެޓްކޮށްފައި ނެތި، ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ޚަރަދެއް ކުރާ އެއް މަޝްރޫޢުއަކީ ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫޢުއެވެ.

މަތިކޮމަންޑޫއިން 16.7 ހެކްޓަރުގެ ބިން ހިއްކުމުގެ އިތުރުން، މަޝްރޫޢުގައި ދެން ހިމެނެނީ، ކޮމަންޑޫގައި 1690 މީޓަރުގެ ޝޯރ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުމާއި، މަތިކޮމަންޑޫގައި 1520 މީޓަރުގެ ބޮޑުހިލައިގެ ތޮށިލުމާއި ޖުމުލަ 353 މީޓަރުގެ ބޮޑުހިލައިގެ ފައިކަށި އަދި 112 މީޓަރުގެ ޖީއޯބޭގް ތޮށި މަތިކޮމަންޑޫގައި ޤާއިމްކުރުމުގެ މަސައްކަތެވެ.

ބިންހިއްކުމަށްފަހު ކޮމަންޑުއާއި މަތިކޮމަންޑޫ ގުޅާލުމަށް ހަމަޖެހިފައިވަނީ 200 މީޓަރުގެ ދިގުމިނުގެ ލިންކަކުންނެވެ. މި މަޝްރޫޢުއަށް ދައުލަތުގެ ބަޖެޓުން 249 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރާނެއެވެ.

އިންތިޚާބާ ދިމާކޮށް ފެށި މަޝްރޫޢުތަކާއި ގުޅޭގޮތުން ރައީސް ވަނީ މިއީ އިންތިޚާބަށް ނުފޫޒް ފޯރުވުންކަމަށް ބުނިނަމަވެސް މިއީ މިވަގުތު ކުރިއަށްގެންދަން ކޮންމެހެންޖެހޭ މަސައްކަތެއްކަމަށެވެ. އެ މަޝްރޫޢު ނުހުއްޓޭނެކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *