އެމެރިކާގެ ރައީސް ޓްރަމްޕް: ވިދާޅުވަނީ އިންތިޚާބު ބޮޑުތަނުން އޮޅުވާލާފަ ވާކަމަށް

ވޯޓުގައި ފުރަތަމަ ލިބިފައޮތް ކުރިއެރުން ގެއްލިގެން ދިޔައީ މުޢުޖިޒާތަކުން: ޓްރަމްޕް

ވޯޓުގައި ފުރަތަމަ ލިބިފައޮތް ކުރިއެރުން ގެއްލިގެން ދިޔައީ މުޢުޖިޒާތަކުން: ޓްރަމްޕް

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ބޮޑުބައި މިހާރު ގުނާނިމިފައިވާއިރު، ފުތަމަ ލިބިގެންދިޔަ ކުރިއެރުން ކުއްލިއަކަށް ގެންލިގެން ދިއުމަކީ ބޮޑު މުޢުޖިޒާތެއްކަމުގައި ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިމޭރުމުން ޓުވީޓު ކުރައްވާފައިވަނީ އިންތިޚާބުގެ ކާމިޔާބީ އިޢުލާންކުރެއްވުމަށް ޖޯބައިޑްން ތައްޔާރު ވެވަޑައިގަންނަވަމުން ދާކަމަށް މީޑިއާރިޕޯޓުތައް ބުނަން ފަށާފައި ވަނިކޮށެވެ.

ދާދި ދެންމެއަކު ކުރި ޓުވީޓެއްގައި ޓްރަމްޕް ވިދާޅުވެފައިވަނީ، އިންތިޚާބުނިމި ފުރަތަމަ ދުވަހުގެ ނަތީޖާއިން ގިނަ ފޮށިތަކުގައި އޭނާ އުޅުނީ ބޮޑުތަނުން ކުރީގައެވެ. އެހެންނަމަވެސް، މި ނަތީޖާތަކަށް ކުއްލިއަކަށް ބަދަލު އައުމަކީ މުޢުޖިޒާތެއްފަދަ ކަމެއްކަމުގައި އޭނާ ވިދާޅުވިއެވެ. އެހެންކަމުން އޭނާގެ ގާނޫނީ ޓީމުން މިހާރު ފަށާފައިވާ މަސައްކަތުން މިކަންކަން ވަރަށް ރަގަޅަށް ސާފުވެގެންދާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

އަދި ޓްރަމްޕްވަނީ، ނަތީޖާއާއިމެދު ގޮތެއް ނުނިމެނީސް އިންތިޚާބު ކާމިޔާބު ކުރެވިއްޖެކަން އިއުލާން ނުކުރުމަށްވެސް ޖޯ ބައިޑްންއަށް އިންޒާރު ދީފައެވެ. އަދި އެފަދަ ހާލަތެއްގައި އޭނާވެސް އިންތިޚާބު ކާމިޔާބު ކުރެވިއްޖެކަމަށް އިޢުލާން ކުރައްވާނެކަމުގެ އިންޒާުރުވެސް ދެއްވިއެވެ.

ދެކެޑިޑޭޓުންވެސް އެންމެ ވާދަވެރިކޮށް އޮތް ޕެންސިލްވޭނިއާއިންވެސް މިހާރު ޖޯބައިޑްވަނީ ކުރިހޯއްދަވާފައެވެ. އަދި މިސްޓޭޓުގެވެސް ބާކީހުރި ވޯޓުތައް ގުނަމުންދާވަރަކަށް ޖޯ ބައިޑްއަށް ލިމެދުންދާ ކުރިއެރުން އިތުރަށް ބޮޑުވަމުންދާކަމަށް މައުލޫމާތު ލިބެއެވެ. މިސްޓޭޓް ކާމިޔާބުކުރާ ކެޑިޑޭޓަކަށް 20 އިލެކްޓޯރަލްވޯޓު ލިބިގެންދާއިރު، މިސްޓޭޓް ގެއްލިއްޖެނަމަ އިންތިޚާބު ކާމިޔާބުކުރުގެ ފުރުސަތު ޓްރަމްޕަށް މުޅިންހެން ގެއްލިގެން ދާނެއެވެ.

މީގެއިތުރުން ނެވާޑާ ސްޓޭޓުގައި އަދިވެސް 124،000 ވޯޓު ނުގުނި ބާކީހުރިކަމަށް މަޢުލޫމާތު ލިބެއެވެ. މިހާރު ގުނާ ނިމިފައިވާ ވޯޓުގެ ނަތީޖާއިން މިސްޓޭޓުގައިވެސް ކުރީގަ އުޅުއްވަނީ ޖޯ ބައިޑްންއެވެ. މިސްޓޭޓް ކާމިޔާބުކުރާ ކެޑިޑޭޓަކަށް 6 އިލެކްޓޯރަލް ވޯޓު ލިބިގެންދާނެއެވެ.

ރިޔާސީ އިންތިޚާބު އޮޅުވާލާނެކަމަށް ކުރިއްސުރެ ޓްރަމްޕް ތުހުމަތު ކުރައްވަމުން ގެންގޮސްފައިވާތީ، މިފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެފަދަ ހާލަތަކަށް ތައްޔާރުވެ ތިބުމުގެ ގޮތުން ރިޕަބްލިކަން ޕާޓީގެ ނޭޝަނަލްކޮމިޓީގެ ފަރާތުންނާއި އަދި ޓްރަމްޕްގެ އަމިއްލަ ލޯޔަރުންގެ ޓީމެއްވެސް އެމެރިކާގެ ކޮންމެ ސްޓޭޓަކަށް ޚާއްސަކުރެވިފައިއެވެ.

ޚަބަރު ލިބޭގޮތުގައި ލޯޔަރުންގެ މިޓީމުތަކުން މިހާރު ކުރަމުން ގެންދާ މަސައްކަތްތަކަކީ އިންތިޚާބު އޮޅުވާލާފައިވާކަމަށް ތުހުމަތު ކުރެވޭ ހެކިތައް އެއްކޮށް ކޯޓަށް ވެއްދޭވަރަށް ކޭސްއެއް އުފެއްދޭތޯ ކުރަމުންދާ މަސައްކަތްތަކެވެ.

މިގޮތުން ކޯޓަށް ވެއްދޭވަރުގެ ފުރިހަމަ ކޭސްއެއް ނުއުފެއްދޭނެ ފަދަ ހާލަތެއްގައި މައްސަލައާއިއެކު ކޯޓަށް ވެންނެވުމަށް މިޓީމްތަކުގެތެރޭގައި ހިމެނޭ ބައެއް ލޯޔަރުން ދެކޮޅުހައްދަވާ ކަމަށްވެސް ބައެއް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ސަބަބަކީ މިފަދަ ހާލަތެއްގައި ލޯޔަރުންގެ އަމިއްލަ އިތުބާރު އެމެރިކާގެ ރައްޔިތުންގެ ކުރިމަތީގައި ގެއްލިގެން ދާނެކަމަށް ބައެއް ލޯޔަރުން ގަބޫލު ކުރެއްވުމެވެ.

އިންތިޚާބު އޮޅުވާލާ މަކަރު ހަދާފައިވާކަމަށް ޓްރަމްޕް ތުހުމަތު ކުރަވަމުން ދިޔަނަމަވެސް، މިތުހުމަތުތަކަށް ބާރު ލިބިދޭ އެއްވެސް ހެއްކެއް މިހާތަނަށް އައިއިރު ޓްރަމްޕް ދައްކަވާފައެއް ނުވެއެވެ.

ރިޔާސީ އިންތިޚާބު ބޮޑުތަނުން އޮޅުވާލާފައިވާ ކަމަށް ޓްރަމްޕް ތުހުމަތު ކުރައްވަމުން ގެންދަވާއިރު، އެންމެ ވާދަވެރިކޮށް އޮތް ޕެމްސިލްވޭނިއާ ސްޓޭޓްވެސް ބައިޑްން ވަނީ ކާމިޔާބު ކުރައްވާފައެވެ. މިސްޓޭޓް ބައިޑްން ކާމިޔާބު ކުރުމާއިއެކު، މިސްޓޭޓްގެ 20 އިލެކްޓޯރަލް ވޯޓު ޓްރަމްޕަށް ގެއްލި، އިންތިޚާބު ކާމިޔާބު ކުރުމަށް ބޭނުންވާ 270 ވޯޓާއި ހަމައަށް ދަތުރު ކުރެވޭނެ ކަމުގެ ޔަގީންކަން ބައިޑްންއަށް ވަނީ ލިބިފައެވެ.

އެހެންނަމަވެސް ގަބޫލު ކުރެވޭ ގޮތުގައި އިންތިޚާބުގެ ކާމިޔާބީ އިއުލާން ނުކޮށް ބައިޑްން މަޑުކުރައްވަނީ، މިހާރު ވޯޓު ގުނާނުނިމިވާ ސްޓޭޓްތަކުގެ ހުރިހާ ވޯޓެއް ގުނާ ނިމެންދެނެވެ. އެހެންނަމަވެސް މި ހުރިހާ ސްޓޭޓެއްގައިވެސް ކުޑަ ތަފާތަކުން ކުރީގައި އުޅުއްވަނީ ބައިޑްންއެވެ. އަދި މިހާރު ގުނާނުނިމި ވާވޯޓަކީ ހަމައެކަނި ޕޯސްޓުން ލާފައިވާ ވޯޓުތައް ކަމަށްވާތީ ކުރިޔަށް ގުނަންހުރި މަދު ވޯޓުތަކެއް ގުނާ ނިމޭއިރު ބައިޑްން ފަހަތަށް ހިގައިދާނެ ކަމަށް ނުބެލެވެއެވެ. ސަބަބަކީ އިންތިޚާބުގެ ދުވަހުގެ ކުރިން ވޯޓުލީ މީހުންގެ ބޮޑު މެޖޯރިޓީއެއް މިހާތަނަށް ބައިޑްން ހޯއްދަވާފައިވުމެވެ.

ނަތީޖާތައް ދައްކާގޮތުން ދުރާލާ ވޯޓު ލާފައިވާ މީހުންގެ ޖުމްލަ %70 ވޯޓު ބައިޑްން ކާމިޔާބު ކުރައްވާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *