އިންތިޚާބާއި ދިމާކޮށް، ސައީދު ހިންގާ ޤާނޫނާއި ޚިލާފްކަންކަން ބެލޭނެ: އުޝާމް

އިންތިޚާބާއި ދިމާކޮށް، ސައީދު ހިންގާ ޤާނޫނާއި ޚިލާފްކަންކަން ބެލޭނެ: އުޝާމް

Author
މުޙައްމަދު ޝަޒައިމް
01 ފެބްރުއަރީ 2022 10:33
0

ކޮމަންޑޫ ދާއިރާގެ އިންތިޚާބާއި ދިމާކޮށް، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު ހިންގަމުންދާ ޤާނޫނާއި ޚިލާފް ކަންކަން ބެލޭނެ ދުވަހެއް އަންނާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި އެމްއެންޕީގެ ނައިބް ރައީސް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އިންތިޚާބާއި ދިމާކޮށް ކޮމަންޑޫގައި ތަރައްޤީއަށް ސަރުކާރުން ކުއްލި ގިނަ މަޝްރޫޢުތަކެއް ހިންގަން ފެށުމުން ގިނަ ބައެއްގެ ފަޑުކިޔުން ވަނީ އަމާޒުވެފައެވެ. މިއީ އިންތިޚާބަށް ސަރުކާރުން ނުފީޒް ފޯރުވުންކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ސަރުކާރަށް މި ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް، އަނެއްކާވެސް ފެންމަތިވެފައިމިވަނީ ފެނަކަ ކޯޕަރޭޝަންގެ ސީ.އެސް.އާރުގެ ދަށުން، ށ.ކޮމަންޑޫ ސިއްހީމަރުކަޒް ވާޑް އަޕްގުރޭޑް ކުރުމައް ބޭނުންވާ 4 އޭސީ އަދި ޓީވީ ށ.ކޮމަންޑޫ ސިއްހީމަރުކަޒާ ހަވާލުކުރުމެވެ. މިކަން ސޯޝަލް މީޑިއާގައި ހިއްސާކުރި ފަރާތްތަކުން ވަނީ މިއީ އިންތިހާބައް އަތްބާނަންތޯ ސުވާލުކުރައްވާފައެވެ. އަދި މިކަން ބެލޭނެ ގޮތެއް ނެތްކަމުގެ ކަންބޮޑުވުންވެސް ފާޅުކޮށްފައިވެއެވެ.

މިކަމާއި ގުޅިގެން މެމްބަރު އުޝާމް ވިދާޅުވީ އިންތިޚާބާއި ދިމާކޮށް، ކޮރަޕްޝަނަށް މަގުފަހި ވާގޮތަށް އަދި އިންތިޚާބަށް ނުފޫޒު ފޯރުވޭ ގޮތަށް ހިންގާ މިފަދަ މައްސަލަތައް ބެލޭނެ މަގު ބަންދުކޮށް، ހިންގަމުންދާ ޖަރީމާތަކީ ޤާނޫނު އަރާ ހަމަކުރާނެ ކަންތައްތަކެއް ކަމަށެވެ. ޚާއްސަކޮށް ފެނަކަ އެމްޑީ ސައީދު އިސްކޮށް ހުންނަވައިގެން ކޮމަންޑޫ ދާއިރާގައި އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ހިންގަމުންދާ މައްސަލަތަކަކީ ބެލޭނެ މައްސަލަތަކެއްކަމުގައި އުޝާމް ވިދާޅުވިއެވެ.

އިންތިހާބަކާ ދިމާކޮށް އޭސީސީގެ ހުރިހާ މެންބަރުން ވަކިކޮށް އޭސީސީ ހުސްކަމަކަށް ދުއްވާލި ސަބަބު މިފެންނަނީ. ބައި އިލެކްޝަނާ ދިމާކޮށް ފެނަކައިގެ އެމްޑީ ސައީދު އިސްވެހުރެ ކޮމަންޑޫ ދާއިރާގަ ހިންގަމުންދާ ގާނޫނާ ހިލާފް ކަންކަން ބެލޭނެ ދުވަހެއް އަދި އަންނާނެ.

– އުޝާމް ވިދާޅުވިއެވެ.

އިންތިޚާބު ބޯމަތިވެފައިވަނިކޮށް ފެނަކަ ސީއެސްއާރުގެ ދަށުން ކޮމަންޑޫ ސިއްޙީ މަރުކަޒަށް އޭސީއާއި ޓީވީ!

އިންތިޚާބާއި ކައިރިވެފައިވަނިކޮށް ސަރުކާރުން ވަނީ ދެ ކޮމަންޑޫ ގުޅުވާލުމުގެ މަސައްކަތް ފަށާފައެވެ. އަދި އިއްޔެ ވަނީ ކޮމަންޑޫީގައި އައިސްޕްލާންޓެއް އެޅުމަށްވެސް ފެނަކައާއި ހަވާލުކޮށްފައެވެ. މީގެ އިތުރުން ފުޓްބޯޅަ ދަނޑު އެޅުންފަދަ ގިނަ މަޝްރޫޢުތަކެއް އެ ދާއިރާގައި މިހާރު ސަރުކާރުން އަންނަނީ ހިންގަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.