ހައިސްޕީޑު ފެރީ ނިޒާމުގެ 4 ލޯންޗު މިއަދު ހދ. އަތޮޅަށް ފޮނުވަނީ

ހައިސްޕީޑު ފެރީ ނިޒާމުގެ 4 ލޯންޗު މިއަދު ހދ. އަތޮޅަށް ފޮނުވަނީ

Author
މުޙައްމަދު ޝަޒައިމް
01 ފެބްރުއަރީ 2022 09:24
0

ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު" މަޝްރޫއުގެ ދަށުން ގަލްފް ކްރާފްޓުން ބަނދެފައިވާ ހަތަރު ހައި ސްޕީޑް ފެރީ އެމްޓީސީސީއާ ހަވާލުކޮށްފިއެެވެ.

އެމްޓީސީސީން ބުނެފައިވަނީ، ހައި ސްޕީޑް ފެރީގެ ނިޒާމަށް ބޭނުންވާ ފުރަތަމަ ހަތަރު ލޯންޗު ބަނދެ، ގަލްފް ކްރާފްޓުން ވަނީ އެ ކުންފުންޏާ ހަވާލުކޮށްފައިކަމަށެވެ. އެ ލޯންޗުތައް މިއަދު ހދ. އަތޮޅަށް ގެންދާނެ ކަމަށާއި އެއަށް ފަހު ދަތުރު ކުރަން ހަމަޖެހިފައިވާ ރޫޓުތަކުގައި ޓެސްޓު ދަތުރުތައް ކުރާނެ ކަމަށް ބުންޏެވެ.

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު މަޝްރޫއުގެ ދަށުން 17 ސްޕީޑް ފެރީ ބަންނަން ގަލްފް ކްރާފްޓާ ހަވާލުކުރީ މިދިޔަ އަހަރުގެ އޭޕްރީލް 11 ވަނަ ދުވަހުއެވެ.

އެމްޓީސީން މީގެ ކުރިން ބުނެފައިވާ ގޮތުގައި މިއިން ކޮންމެ ލޯންޗެއްގައި 40-50 މީހުންނަށް އެއްފަހަރާ ދަތުރުކުރެވޭނެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް އަމިއްލައަށް އަރައި ފޭބޭ ގޮތަށް ފަރުމާކޮށްފައިވާ އެ ލޯންޗުތަކުގައި ހުންނާނީ އެންމެ ޒަމާނީ ފެންވަރުގެ ސީޓުތައް ކަމަށް ވެސް ބުނެފައިވެއެވެ. އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު މަޝްރޫއަށް 107 މިލިއަން ރުފިޔާ ހޭދަކުރަން ނިންމާފައިވެއެވެ.

ފެރީ ނެޓްވޯކްގެ ދަށުން ހަދާ ޓާމިނަލްތަކާއި ފެރީ ސްޓޮޕްތަކުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެއެވެ. އެގޮތުން 40 ފެރީ ސްޓޮޕެއް ހެދުމަށް ހަމަޖެހިފައިވެއެވެ.

މި މަޝްރުޢުގައި ރާއްޖޭގެ ސަރަޙައްދުތައް ޖުމްލަ 6 ޒޯނަށްވަނީ ބަހާލާފައެވެ. ޒޯން 1ގައި ހިމެނޭ ހއ، ހދ އަދި ށ. އަތޮޅުގައި މީހުން ދިރިއުޅޭ 40 ރަށް ހިމެނެއެވެ. އެމްޓީސީސީން މިވަގުތު އަންނަނީ މި ރަށްރަށަށް ބޭނުންވާ ފެރީ ޓާމިނަލްގެ މަސައްކަތްތައްވެސް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބަރަވެލި
ބަރަވެލި ދުވަނީ ގަޑިޔަކު 21ނޯޓު މީހުންނާ މުދަލާއެކު ދެންދުވާނީ ކިހާވަރެއް. ސަރުކާރުން ޕްރައިމަރީ ސެކްޓަރ ތެރެއަށް ވަނުމަކީ ..........