ކޯވިޑަށް ފަރުވާދެމުންދިޔަ 66 އަހަރުގެ މީހަކު ނިޔާވެއްޖެ

ކޯވިޑަށް ފަރުވާދެމުންދިޔަ 66 އަހަރުގެ މީހަކު ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
30 ޖެނުއަރީ 2022 10:48
0

ކޯވިޑަށް ފަރުވާ ދެމުންދިޔަ 66 އަހަރުގެ މީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ މިއަދު ހެނދުނު 8:5 ހާއިރު ނިޔާވެފައިވަނީ ޅ.ނައިފަރު ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 66 އަހަރުގެ އަންހެން މީހެއްކަމަށެވެ. މިމަރާއިއެކު ރާއްޖެއިން ކޯވިޑުގައި ނިޔާވި މީހުންގެ އަދަދުވަނީ 275 އަށް އަރާފައެވެ.

އަދި މިއީ މިބަލީގައި މިމަހުގެ މިހާތަނަށް ނިޔާވި 13 ވަނަ މީހާވެސްމެއެވެ. ރާއްޖޭގައި މިވަގުތު 17،288 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. މީގެތެރެއިން 53 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ކޯވިޑްގެ އައު ވޭރިއަންޓް އޮމިކްރޯންއާއެކު ރާއްޖޭގައިވެސް ކޯވިޑް ފެތުރޭ ނިސްބަތް ވަނީ ވަރަށް ބޮޑަށް ހަލުވިވެފައެވެ. އަދި ބަލީގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ ޢަދަދުވެސް ވަނީ މައްޗަށް އަރަން ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.