ތުރުކީގެ ފޮރިން މިނިސްޓަރ މާދަމާ ރާއްޖެ ވަޑައިގަންނަވަނީ

ތުރުކީގެ ފޮރިން މިނިސްޓަރ މާދަމާ ރާއްޖެ ވަޑައިގަންނަވަނީ

Author
މުޙައްމަދު ޝަޒައިމް
27 ޖެނުއަރީ 2022 08:20
0

ތުރުކީގެ ފޮރިން މިނިސްޓަރ މާދަމާ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.

ތުރުކީގެ ފޮރިން މިނިސްޓަރ މެވްލުތު ޗަވުޝޯލޯ މާދަމާ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅަކީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ ދައުވަަތަކަށް ރާއްޖެއަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާވެސް ބައްދަލު ކުރައްވާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ތުރުކީގެ ފޮރިން މިނިސްޓަރ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ރަސްމީ ބައްދަލުވުންތައް ބާއްވައި، ހާއްސަ އެއްބަސްވުންތަކެއްގައި ސޮއިކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.