ސ.ހުޅުދޫގައި އަލަށް ތަރައްޤީކުރާ ބަނދަރު ނިމުމަކާއި ގާތަށް

ސ.ހުޅުދޫގައި އަލަށް ތަރައްޤީކުރާ ބަނދަރު ނިމުމަކާއި ގާތަށް

Author
މުޙައްމަދު ޖިމީ
27 ޖެނުއަރީ 2022 12:18
0

ސ.ހުޅުދޫގައި އަލަށް ތަރައްޤީކުރާ ބަނދަރުގެ މަސައްކަތް ނިމުމަކާއި ގާތްވެއްޖެއެވެ.

ހުޅުދޫ ބަނދަރުގެ މަސައްކަތް ކުރަނީ އެމްޓީސީސީ އާއެވެ. އެކުންފުނިން ބުނީ، ސ. ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 81 ޕަސެންޓް ނިމިފައިވާކަމަށެވެ. އަދި އެއްގަމުތޮށި ލުމުގެ މަސައްކަތުގެ 89 ޕަސެންޓް ނިމިފައިވާކަމަށެވެ.

އައްޑޫ ސިޓީގެ ހުޅުދޫގައި ހަދާ ބަނދަރަކީ 742 މީޓަރު ދިގު ބަނދަރެކެވެ. ބަނދަރު ހެދުމުގެ މަސައްކަތުގެ ތެރޭގައި ހިމަނައިގެން 114 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 624 މިޓަރު ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމަށްވެސްވަނީ ހަމަޖެހިފައެވެ.
އަދި އެއްގަމުތޮއްޓާއި ބޭރު ތޮށި ގުޅާލުމަށް 9 މީޓަރު ދިގު 4 މީޓަރު ފުޅާ ބްރިޖެއް އެޅުންވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

މި މަސައްކަތްތަކުގެ އިތުރަށް ބަނދަރުގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތިއާއި، ނެރު ބައްތިޖެހުމަށްވެސްވަނީ ހަމަޖެހިފައެވެ.

މި މަސައްކަތް ކުރިއަށްގެންދިއުމަށް ޕްލޭނިންގ މިނިސްޓްރީއާއި އެމްޓީސީސީއާއި ދެމެދު ސޮއިކޮށްފައިވަނީ މިއަހަރުގެ މަރޗްމަހުގެ 1 ވަނަ ދުވަހުއެވެ. މިއީ ސަރުކާރުން 61.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ބަނދަރުގެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ އެއް އަހަރާއި ދިހަދުވަހުގެ މުއްދަތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.