ކުޅުދުއްފުށީ ރީޖަނަލް ޕޯޓުގެ ރީޑިވެލޮޕްމެންޓް މަޝްރޫޢާއި ތިނަދޫ ރީޖަނަލް ޕޯޓު ޑިވެލޮޕްމެންޓް މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ކުޅުދުއްފުށި ރީޖަނަލް ޕޯޓުގެ ރީޑިވެލޮޕްމަންޓް މަޝްރޫޢުގެ ދަށުން، ފަޅު ފުންކުރުމާއި އައު މަގަތުފާލަމެއް ހެދުމުގެ އިތުރުން ރިވެޓްމަންޓް ޖެހުމާއި ނެރުބައްތި ޖެހުން ހިމެނެއެވެ. މީގެއިތުރުން، އެޑްމިނިސްޓްރޭޓިވް ޢިމާރާތެއް ހެދުމާއި ވޯރކްޝޮޕް ޢިމާރާތެއް ހެދުމާއި އެންވަރަންމެންޓަލް އިމްޕެކްޓް އެސަސްމެންޓެއް ހެދުން ހިމެނޭކަމަށް އެމްޕީއެލުން ވިދާޅުވެއެވެ.
ތިނަދޫ ރީޖަނަލް ޕޯޓު ޑިވެލޮޕްމެންޓް މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން ޕޯޓް އެޑްމިނިސްޓްރޭޓިވް ޢިމާރާތެއް ޤާއިމުކުރުމާއި، ގާޑް ހައުސް ޢިމާރާތަކާއި ވެއަރހައުސް އަދި ވޯރކްޝޮޕް ޢިމާރާތެއްގެ އިތުރުން ނެރުބައްތި ހަރުކުރުމާއި ފެންޑަރ ހަރުކުރުން ހިމެނެއެވެ. އެމްޕީއެލްއިން ވިދާޅުވީ ކުޅުދުއްފުށީ ރީޖަނަލް ޕޯޓުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ 138.9 މިލިއަން ރުފިޔާއަށް 495 ދުވަހުގެތެރޭ މަސައްކަތް ނިންމާ ގޮތަށެވެ.
އަދި ތިނަދޫ ރީޖަނަލް ޕޯޓުުގެ މަަސައްކަތް ނިންމަން 330 ދުވަސްދީފައިވާއިރު، މިއީ 17.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
We are delighted to sign with @MTCCPlc for the Re-development of Kulhudhuffushi Regional Port & Development of Thinadhoo Regional Port – Phase II pic.twitter.com/xmGukJvgZl
— Maldives Ports Limited (@Portmv) January 27, 2022
އެމްޓީސީސީގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ ޝާހިދު ޢަލީއާއި ޗީފް އިންޖީނިއަރ އާދަމް މުޙައްމަދެވެ. އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމާއި ސީއޯއޯ ޝާހިދު ހުސައިން މޫސާއެވެ.
ކޮމެންޓު ފޮނުވާ