ސެންޓް އާދަމް މަނިކު ކޯވިޑްގައި ނިޔާވެއްޖެ

ސެންޓް އާދަމް މަނިކު ކޯވިޑްގައި ނިޔާވެއްޖެ

މަޝްހޫރު ވިޔަފާރިވެރިޔާ ސެންޓް އާދަމް މަނިކު ކޯވީޑް-19ގައި ނިޔާވެއްޖެއެވެ. ގ. ސެންޓުގެ އާދަމް އިބްރާހިމް (އާދަމްމަނިކު) އަވަހާރަވީ ކޯވީޑް-19އަށް ފަރުވާދެމުން އަންނަނިކޮށެވެ. އެނާއަށް ފަރުވާދެމުން އައީ ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަނިކޮށެވެ.

މިއާއެކު ރާއްޖެއިން ކޯވިޑްގައި ނިޔާވި މީހުންގެ ޢަދަދު ވަނީ 273އަށް އަރާފައެވެ. މިއީ މިބަލީގައި މިމަހު ނިޔާވި 11 ވަނަ މީހާއެވެ.

ކޯވިޑްގެ އައު ވޭރިއަންޓް އޮމިކްރޯންއާއެކު ރާއްޖޭގައިވެސް ކޯވިޑް ފެތުރޭ ނިސްބަތް ވަނީ ވަރަށް ބޮޑަށް ހަލުވިވެފައެވެ. އަދި ބަލީގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ ޢަދަދުވެސް ވަނީ މައްޗަށް އަރަންފަށާފައެވެ. މިގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް 2800 އަށްވުރެ ގިނަ މީހުން ކޯވިޑަށް ޕޮޒިޓިވްވެ 50 އަށް ވުރެ ގިނަ މީހުން އަންނަނީ އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ. އެޗްޕީއޭއިން ވަނީ ނިސްބަތުން ގިނަ ބަޔަކު އެއްފަހަރާ ބައްޔަށް ޕޮޒިޓިވްވަމުންދާނަމަ، ހޮސްޕިޓަލްތަކަށްވެސް ބާރު ބޮޑުވެގެން ހިނގައިދާނެކަމަށް ބުނެފައެވެ.

ކޯވިޑްގެ އާ ޕީކާއެކު އެޗްޕީއޭވެސްވަނީ ކުއްލި ޙާލަތަށް އައިސްފައެވެ. އެގޮތުން އެމަޖެންސީ ސެންޓަރު އިތުރަށް ވަރުގަދަކުރުމާއި ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅު އެޅުމަށް އުސޫލުތައް އަންނަނީ ނެރެމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *