ނަމާދު ގަސްރު ކުރެވޭނެ ހާލަތްތަކާއި ޖަމްޢު ކުރެވޭނެ ހާލަތްތައް

ނަމާދު ގަސްރު ކުރެވޭނެ ހާލަތްތަކާއި ޖަމްޢު ކުރެވޭނެ ހާލަތްތައް

Author
ހުސެއިން
26 ޖެނުއަރީ 2022 09:13
0

الحمدللهوالصلاةوالسلامعلىرسولاللهوعلىآلهوصحبه، أمابعـد:

ނަމާދު ގަޞްރު ކުރެވޭނީ ހަމައެކަނި ދަތުރުވެރިންނަށެވެ. އެނޫންބަޔަކަށް ނަމާދު ގަޞްރުކުރުން ހުއްދަވެގެން ނުވެއެވެ.

ގަޞްރު ކުރުމަކީ ހަތަރު ރަކްޢަތް ނަމާދު ދެރަކްޢަތަށް ކުރުކޮށްގެން ކުރުމެވެ. ޖަމްޢު ކުރުމަކީ ދެނަމާދު އެއްކޮށްލުމެވެ. މެންދުރުނަމާދުގެ ވަގުތުގައި ޢަޞްރުނަމާދުވެސް ކޮށްލުމެވެ. މިގޮތަށް ކުރުމުން ކިޔޭނީ އިސްކޮށް ޖަމްޢު ކުރުމަށެވެ. ޢަސްރުގެ ވަގުތުގައި މެންދުރާއި ޢަޞްރު ޖަމްޢު ކޮށްފިނަމަ ކިޔޭނީ ފަސްކޮށް ޖަމްޢު ކުރުމެވެ.

ހަމަ އެފަދައިން މަޣްރިބް ވަގުތުގައި ޢިޝާކޮށްފިނަމަ އެއީ އިސްކޮށް ޖަމްޢު ކުރުމެވެ. ޢީޝާގެ ވަގުތުގައި މަޣްރިބާއި ޢިޝާކޮށްފިނަމަ އެއީ ފަސްކޮށް ޖަމްޢު ކުރުމެވެ. ދަތުރުވެރިޔާ ނޫން މީހުންނަށްވެސް ޖަމްޢު ކުރުން ހުއްދަވެގެންވެއެވެ. ބޯކޮށް ވާރޭވެހޭ ދުވަހެއްގައި ނުވަތަ އެނޫންވެސް ކަމެއް ދިމާވެއްޖެނަމަ ދެނަމާދު ޖަމްޢު ކުރެވިދާނެއެވެ.

އެއްވެސް ސަބަބެއް މެދުވެރި ނުވެވެސް ދެނަމާދު ޖަމްޢު ކުރެވިދާނެއެވެ. ނަމަވެސް އެއީ އާދަވެގެން ކުރާ ކަމެއްކަމުގައި ހަދައިގެން ނުވާނެއެވެ.

ޖަމްޢު ކުރެވޭ ނަމާދު ތަކަކީ: މެންދުރާއި ޢަޞްރު އަދި މަޣްރިބާއި ޢީޝާ އެވެ. މި ނަމާދުތައް އިސްކޮށްވެސް އަދި ފަސްކޮށްވެސް ޖަމްޢު ކުރެވިދާނެއެވެ.

މީނޫން އެއްވެސް ނަމާދެއް އެހެން ނަމާދަކާއި ޖަމްއެއް ނުކުރެވޭނެއެވެ.

واللهأعلم

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މޮހޮނު
މަޣްރިބް ނަމާދު ގަސްރު ޖަމްޢު ކުރާއިރު ކިތައް ރަކުޢަތް ކުރެވޭނީ؟