މިދިޔަ އަހަރު ކުރި ކައިވެނީގެ ދެބައިކުޅަ އެއްބަޔާއި ގާތަށް ވަރީގެ މައްސަލަ ރަޖިސްޓްރީ ކުރި ކަމަށް މާލޭގެ ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފެމިލީ ކޯޓުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެ ކޯޓުގައި 2،399 ކައިވެންޏެއް ކުރިއިރު، 1،192 މީހެއްގެ ވަރި އެ މުއްދަތުގައި ކޯޓުގައި ރަޖިސްޓަރީ ކުރިއެވެ. އެހެންވެ، ފެމިލީ ކޯޓުގައި ކުރި ކައިވެނިތަކުގެ އަދަދާ އަޅާ ބަލާއިރު ވަރިކުރި އަދަދު ދެބައިކުޅަ އެއްބަޔާ ގާތްކުރެއެވެ.
ތަފާސްހިސާބުތަކުގައިވާގޮތުން މިދިޔަ އަހަރު ރާއްޖެއިން ބޭރުގައި 87 ކައިވެންޏެއްކޮށްގެން ފެމިލީ ކޯޓުގައި ރެޖިސްޓަރ ކުރަން ހުށަހަޅާފައި ވެއެވެ. އަދި އޭގެ ކުރީ އަހަރު ރާއްޖެއިން ބޭރުގައި ކުރި ކައިވެނިތައް ހިމެނޭ ގޮތަށް 92 ކައިވެންޏެއް މިދިޔަ އަހަރު އެ ކޯޓުގައި ރެޖިސްޓަރކޮށްފައިވާކަމަށް ދައްކައެވެ. އަދި މިދިޔަ އަހަރު ނިމުނުއިރު، 24 ކައިވެންޏެއް ރެޖިސްޓަރ ނުވެ އޮތް ކަމަށް ދައްކައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން އެ ކޯޓަށް މިދިޔަ އަހަރު 2،408 މައްސަލަަ ހުށަހަޅާފައި ވެއެވެ. އަދި އެ ކޯޓުން ޖުމްލަ 2،615 މައްސަލަ މިދިޔަ އަހަރު ނިންމާފައި ވެއެވެ. އޭގެ ތެރޭގައި އޭގެ ކުރީ އަހަރުގެ މައްސަލަތައްވެސް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ