މޮސްޓާ ފަލާހަށް: އިންޑިއާ އައުޓްވީމަ ލިބޭބައި ކުޑަވަނީތޯ؟

މޮސްޓާ ފަލާހަށް: އިންޑިއާ އައުޓްވީމަ ލިބޭބައި ކުޑަވަނީތޯ؟

Author
މުޙައްމަދު ޖިމީ
24 ޖެނުއަރީ 2022 11:55
0

އިންޑިއާ އައުޓްވީމަ ލިބޭބައި ކުޑަވަނީތޯ ވިދާޅުވެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) މާފަންނު ހުޅަނދު ދާއިރާގެ މެންބަރު މުޙައްމަދު ފަލާޙަށް ރައްދު ދެއްވައިފިއެވެ.

ރޭ ކޮމަންޑޫގައި އެމްޑީޕީގެ ކެނޑިޑޭޓަށް ތާޢީދު ހޯދުމަށް ބޭއްވިޖަލްސގައި ފަލާޙް ވަނީ ރައީސް ޔާމިން ޖަލަށް ލާން ގޮވާލައްވާފައެވެ. އަދި "ބޮޑު ވަގު ޔާމީން ޖަލަށް ލާ" މިގޮތަށް ފާރުތަކުގައި ލިޔުމަށްވެސް ފަލާހު ގޮވާލެއްވިއެވެ. ފަލާހުގެ މި ވާހަކަތަކަށް ރައްދު ދެއްވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މޮސްޓާ ވިދާޅުވީ، އެންމެ ފުރަތަމަ ދައްކަންވީ އެފްޕީއައިޓީގެ ކޮރަޕްޝަންގެ ވާހަކަތައްކަމަށެވެ މޮސްޓާ ވަނީ އިންޑިއާ އައުޓް ގޮވުމުން ސަރުކާރުގެ މެންބަރުންނަށް ވަރަށް ވަރުވާކަމަށް ވިދާޅުވެ އިންޑިއާ އައުޓް ވުމުން ލިބޭ ބައި ކުޑަވަނީތޯ ސުވާލުކުރައްވާފައެވެ.

ރާއްޖޭގައި ހިނގި އެންމެ ބޮޑު އެއް ޚިޔާނާތް ކަމުގައިވާ އެފްޕީއައިޑީގެ ވައްކަމުގެ އެންމެ އަޑީގައި ހުންނެވި ޢަބްދުއްސައްތާރަކީ ފަލާހުގެ ބޭބެކަމަށާއި، އެ ޚިޔާނާތާއި ގުލުވާ ފަލާހުއަށްވެސް ފައިދާ ލިބުނުކަމަށް ބުނެ ބައެއް ފަރާތްތަކުން ތުހުމަތުތަކެއް ކުރެއެވެ.

ރޭގެ ޖަލްސާގައި ފަލާހު ވަނީ މަޖިލީހުގައި އެމްޑީޕީގެ 65 މެންބަރުން ތިއްބަވައިގެން އެޖެންޑާ-19ގެ ވަޢުދުތަކުގެ 75 އިންސައްތަް ފުއްދިއްޖެކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.