ޔޫތު މިނިސްޓަރ އަހްމަދު މަޚްލޫފްގެ އަނބިކަބަލުން ނަޒްރާ ނަސީމްއާއި ދަރިކަނބަލުން ލައިބާ އަޙްމަދު މަޚްލޫފް (އެލީ) ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
މިނިސްޓަރ މަހްލޫފްގެ އަނބިކަނބަލުންނާއި ދަރިކަނބަލުން ކޯވިޑަށް ޕޮޒިޓިވްކަން ހާމަކުރެއްވި ކުރެއްވި ޓްވީޓެއްގައެވެ. މިނިސްޓަރ މަހްލޫފްގެ އަނބިކަނބަލުންނާއި ދަރިކަނބަލުން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ މިނިސްޓަރ މަޚްލޫފް ޕްރެޒިޑެންޓްސް ކަޕް މުބާރާތުގައި ބައިވެރިވެވަޑައިގަތުމަށް ރ.އަލިފުށީގައި ހުންނަވަނިކޮށެވެ.
ނަޒްރާ އަކި ނާއިބު ރައީސްގެ ޗީފް އެގްޒެކްޓިވްއެވެ. އަދި ނާއިބު ރައީސްގެ ކޮއްކޯފުޅެވެ.
My daughter Elly, and I have tested positive for #Covid_19. May Allah bless us all with good health.
— Nazu Naseem (@Nazunaseem) January 23, 2022
ރާއްޖޭގައި ކޯވިޑް ޖެހޭ މީހުންގެ ޢަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ހެރިޓޭޖް މިނިސްޓަރ ޔުމްނާވެސް ވަނީ އިއްޔެ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.
އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާގޮތުން ފާއިތުވި 24 ގަޑިއިރު 2400އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވެއެވެ.
ކޮމެންޓު ފޮނުވާ