އަންނަ މަހުގެ 5ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ރަށްވެހި ވެފައިވާތަން ނޫން އެހެންތަނެއްގައި ވޯޓުލާން ބޭނުންވާ ގިނަ އަދަދެއްގެ ފޯމު ޕީޕީއެމުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.
ފޯމުތައް އިލެކްޝަނާއި ހަވާލުކުރުމަށްފަހު ޕީއެންސީގެ ރައީސް އިބްރާހިމް ޝުޖާ ވިދާޅުވީ އެމް.ޑީ.ޕީ އާއި ކޯލިޝަން ސަރުކާރަށް ތާއިދުކުރާ ޕާޓީގެ ކެނޑިޓޭޓް ބަލިކުރުމަށް ހިތްވަރާއެކު މިމަސައްކަތުގައި ބައިވެރިވި ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް ރައީސް ޔާމީން ނަންފުޅުގައި ޝުކުރުދަންނަވާ ކަމަށެވެ.
އަދި މިހާ ގިނަ އަދަދެއްގެ ފޯމު އިލެކްޝަނަށް ހުށަހަޅާފައިވަނީ އިލެކްޝަނުން ކަނޑައަޅާފައިވާ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށް ފަހުގައިކަމަށާއި، ފޯމުތަކުގައި ފަހުން މައްސަލަޖެހިގެން މިއިން އެއްވެސް މީހަކަށް ވޯޓުނުލެވެންޖެހޭ އެއްވެސް ސަބަބެއް އޮވެގެން ނުވާނެކަމަށެވެ. އަދި އެފަދަ ކަމެއް ވެއްޖެނަމަ އެކަމަކީ ބަލައިގަނެވޭ ކަމެއް ނޫންކަމަށާއި، މިއިންތިޚާބުގައި ވަރަށް ކައިރިން ހުރިހާ ކަމެއްވެސް ބަލަމުންދާކަމަށް ޝުޖާ ވިދާޅުވިއެވެ.
ގިނަ އަދަދެއްގެ ފޯމްތައް ރީރެޖިސްޓްރީ ކުރުމަށް @ElectionsMv އަށް ހުށައަޅައިފިން.އެމް.ޑީ.ޕީ އާއި ކޯލިޝަން ސަރުކާރަށް ތާއިދުކުރާ ޕާޓީގެ ކެނޑިޓޭޓް ބަލިކުރުމަށް ހިތްވަރާއެކު މިމަސައްކަތުގައި ބައިވެރިވި ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް ރައީސް ޔާމީން ނަންފުޅުގައި ޝުކުރުދަންނަވަން. pic.twitter.com/DvmT616ZwR
— Ibrahim Shujau (@IbrahimShujaau) January 23, 2022
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ރީ-ރަޖިސްޓްރީވުމުގެ ފުރުޞަތު މިމަހުގެ 24އާއި ހަމައަށް ހުޅުވާލާފައިވާކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ބާއްވަން ތައްޔާރުވަމުން އަންނަ ތިން ބައި އިލެކްޝަންގެ ތެރެއިން އެންމެ ވާދަވެރީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައެވެ. އެ ދާއިރާއަށް ތިން ކެނޑިޑޭޓެއް ވާދަކުރެއެވެ. އެއީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ފަރާތުން މުޙައްމަދު ރަޝިދާއި، އިދިކޮޅު ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާދަމާއި، ދާދި ފަހުން އުފެއްދި ސިޔާސީ ޕާޓީ އެމްއެންޕީގެ ފަރާތުން ވާދަކުރާ ޢަބްދުލްހަންނާން އިދުރީސެވެ.
ކޮމަންޑޫ ދާއިރާގައި ހިމެނޭ ތިން ރަށްކަމަށްވާ ކޮމަންޑުއާއި، ފޯކައިދޫ، މަރޮށި ހިމެނޭ އެ ދާއިރާގައި 3316 މީހުންނަށް ވޯޓްލުމުގެ ހައްޤު ލިބިގެންވެއެވެ. އަދި 6 ވޯޓް ފޮށްޓެއް އެ އިންތިޚާބުގައި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވެއެވެ.
ބައި އިލެކްޝަންތަކުގައި ވޯޓް ފޮށި ބެހެއްޓުމަށް ނިންމާފައިވަނީ އެ ދާއިރާތަކުގެ ރަށްތަކުގެ އިތުރުން މާލޭގައި ހުންނަ އިންތިޚާބުތަކާއި ބެހޭ މައި މަރުކަޒުގައެވެ.