ފަހު ވަގުތު ރަޝްފޯޑް ޖެހި ލަނޑުން މޮޅުވެ ޔުނައިޓެޑް ގަދަ ހަތަރަކަށް

ފަހު ވަގުތު ރަޝްފޯޑް ޖެހި ލަނޑުން މޮޅުވެ ޔުނައިޓެޑް ގަދަ ހަތަރަކަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ކޮޅަަަަށް މެޗުގެ ފަހު ވަގުތު ރަޝްފޯޑް ޖެހި ލަނޑުން މޮޅުވެ މެންޗެސްޓަރ ޔުނައިޓެޑް ހަތަރު ވަނަ މަގާމަށް ކުރިޔަށްޖެހިލައިފިއެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗުގައި ވެސްޓް ހޭމްގެ މައްޗަށް ޔުނައިޓެޑް ކުރިހޯދީ 0-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުން މޮޅުވެގެން ހޯދި 3 ޕޮއިންޓާއެކު ޔުނައިޓެޑް 4 ވަނައިގައި އޮތީ 22 މެޗުން ލިބުނު 38 ޕޮއިންޓާއެކުއެވެ. ލީގުގެ ތިންވަނައިގައި މިވަގުތު އޮތްޗެލްސީއަށް 23 މެޗުން 44 ޕޮއިންޓް ލިބިފައިވެއެވެ. ދެވަނައިގައި ލިވަޕޫލް، 21 މެޗުން 45 ޕޮއިންޓާއެކު އޮތް އިރު، އެއްވަނައިގައި މެންޗެސްޓާ ސިޓީ އޮތީ23 މެޗުން 57  ޕޮއިންޓް ހޯދައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެއެވެ. ނަމަވެސް ދެވަނަ ހާފުގައި ޔުނައިޓެޑުގެ ފަރާތުން ވަނީ މޮޅު ކުޅުމެއްފެނިގެންގޮސްފައެވެ. އެގޮތުން އެންމެ ފުރަތަމަ ލަނޑު ޖަހާނެ ރަނުގެ ފުރުޞަތެއް ލިބުނީ ފްރެޑަށެއެވެ. ފްރެޑް ގޯލާއި އަމާޒުކޮށް ފޮނުވާލި ބޯޅަ ވެސްޓް ހޭމްގެކީޕަރ ވަނީ އަތުން ޖައްސާ ކޯނަރަކަށް ބޯޅަ ބޭރުކޮށްލާފައެވެ.

އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން މެޗު ނިމެން ދަނިކޮށް ޔުނައިޓެޑުން ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެވެސްއެންމެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި ލަނޑު ޖަހާ ޔުނައިޓެޑްގެ ސަޕޯޓަރުން އުފާކޮށްދީފައެވެ. މި ލަނޑު ޖަހާފައިވަނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެގޮތުގައި ކުޅެން އެރި ރަޝްފޯޑްއެވެ.

މި މެޗުގެ އިތުރުން ޕްރިމިއާ ލީގުގައި މިއަދު އެސްޓޮން ވިލާއިން 1-0 އެވަޓަން ބަލިކުރި އިރު، ނިއުކާސަލް އިން ކުޅުނު މެޗުގައި 1-0 އިން ލީޑްސްބަލިކޮށްފައިވެއެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން ސިޓީ އަައި ސައުތެމްޓަން ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *