ޓީ 20 ކްރިކެޓް ލީގުގެ ޗެމްޕިއަންކަން މާލޭ ވެޓްރަންސް ކްލަބުން ހޯދައިފި

ޓީ 20 ކްރިކެޓް ލީގުގެ ޗެމްޕިއަންކަން މާލޭ ވެޓްރަންސް ކްލަބުން ހޯދައިފި

Author
ޔޫސުފް
22 ޖެނުއަރީ 2022 06:48
0

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރިޔަށްގެންދިޔަ ޓީ 20 ކްރިކެޓް ލީގުގެ ޗެމްޕިއަންކަން މާލޭ ވެޓްރަންސް ކްލަބުން ހޯދާއިފިއެވެ.

ޓީ 20 ކްރިކެޓް ލީގުގެ ޗެމްޕިއަންކަން މާލޭ ވެޓްރަންސް ކްލަބުން ހޯދީ މިއަދު ކުޅުނު ފައިނަލް މެޗުގައި މާލޭ ސްޕޯޓްސް ކްލަބާއި ވާދަކޮށް 8 ވިކެޓުން މެޗުކާމިޔާބުކޮށްގެންނެވެ.

ފައިނަލް މެޗުގެ ޓޮސް ދިމާވެގެން އެންމެ ފުރަތަމަ މާލޭ ވެޓްރަންސް ޓީމުން ނިންމީ ހޮވާށެއެވެ. އެގޮތުން މާލޭ ސްޕޯޓްސް ކްލަބުން ދެން ކުޅެންއަރައި، 20 އޯވަރު ހަމަވިއިރު 6 ކުަޅުންތެރިން ނުބައިވެގެން ހެދުނީ 128 ލަނޑެއެވެ.

ޖަވާބުގައި މާލޭ ވެޓްރަންސް ކްލަބުން ކުޅެންއަރައި، 2 ކުޅުންތެރިން ނުބައިވިއިރު، 19 ވަނަ އޯވަރުގައި 131 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްޗެމްޕިއަންކަން ކަށަވަރުކުރިއެވެ.

މި މުބާރާތުގެ އެންމެ މޮޅު ބޯލަރ އަދި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މާލޭ ވެޓްރަންސް ކްލަބުގެ ސަވިންދާއެވެ. މުބާރާތުގެ އެންމެ މޮޅުހޮވުންތެރިއަކަށް ހޮވުނީ، މާލޭ ވެޓްރަންސްގެ ފިޔާލްއެވެ. އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމް ކޮމެޓްސް ކްރިކެޓް ކްލަބުގެ އަލީ ރާފިލް ރައުފް ހޯދިއިރު، މުޅިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ، އައިޒީގެ މުހައްމަދު އަފްލާހްއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.