ބޮލީވުޑްގެ ތަރިންގެ މެދުގައި އޮންނަނީ އާދަޔާ ހިލާފު ރައްޓެހި ރަހުމަތްތެރި ކަމުގެ ގުޅުމެކެވެ. އެހެން ނަމަވެސް ފިލްމު އިންޑަސްޓްރީ އަކީ އެކަކު އަނެކަކަށް ހިތްނުބައި ބަޔަކު އުޅޭ ތަނެއް ކަމަށްވެސް ގިނަ ތަރިން އެއްބަސްވެއެވެ.
ނަމަވެސް މި ދާއިރާގައި ގާތް ރަހުމަތްތެރިންވެސް މަދެއް ނޫނެވެ. އިންޑަސްޓްރީގައި އޮތް ވާދަވެރިކަން ހަދާން ނައްތާލައި އެކަކު އަނެއްކެއްގެ ރަހުމަތްތެރިންގެ ގޮތުގައި އުމުރު ދުވަހު ތިބި މީހުންވެސް މަދެއް ނޫނެވެ.
އެގޮތުން އަރުޖުން ކަޕޫރާއި ޕަރީނިތީ ޗޯޕްރާ ވެގެން ގޮސްފައިވަނީ ވަރަށް ގާތް ދެ ރަހުމަތްތެރިންނަށެވެ. މީގެ ދެތިން ހަފްތާއެއް ކުރިން އަރުޖުން ފޮޓޯ ޝޫޓަކަށް ލައިގެން ހުރި ކަޅު ކުލައިގެ ސްވެޓަރެއް ދިނުމަށް ޕަރީނިތީ ވަނީ އެދިފައެވެ.
އަރުޖުން އިންސްޓްގްރާމްގައި ޕޯސްޓްކުރި ފޮޓޯއަކަށް ކޮމެންޓް ކުރަމުން އޭނާ ބުނެފައިވަނީ ފޮޓޯ ޝޫޓް ނިމިއްޖެ ނޫންކަމަށެވެ. އަދި އަވަހަށް ސުވެޓަރ ދޭން އެދުމުން އަރުޖުން ވަނީ އެ ސުވެޓަރ ޕަރީއަށް ދީފައެވެ.
ޕަރީވަނީ އެ ސްވެޓަރުގައި ތަފާތު ގޮތްގޮތަށް ފޮޓޯނަގާ އިންސްޓަގްރާމްގައި އަޕްލޯޑްކޮށްފައެވެ. އަދި އެކަމަށް ޝުކުރު އަދާކުރަމުން ބުނެފައިވަނީ މިހާރު މިއީ ދުނިޔެ އުމުރަށް ދެ ރަހުމަތެރިން ކަމަށެވެ. އެއީ ހެދުން ޝެއަރ ކުރާތީ ކަމަށް ވެސް ޕަރީ ބުނެފައިވެއެވެ.
ޕަރީނިތީއަކީ އަރުޖުން ބޮލީވުޑަށް ތައާރަފުވި ފިލްމުގެ ބަތަލާއެވެ. އެއީ 2012 ވަނަ އަހަރުގެ ފިލްމު "އިޝްގްބާޒް" އެވެ. އޭގެފަހުން ވެސް ދެތަރިން އެކުގައި ވަނީ "ސަންދީޕް އޯރް ޕިންކީ ފަރާރް" ކިޔާ ފިލްމެއްވެސް ކުޅެފައެވެ.
ކޮމެންޓު ފޮނުވާ