ރާޝިދުގެ ކެމްޕެއިނަށް ޤާސިމް އަންގާރަދުވަހު ކޮމަންޑޫ ދާއިރާއަށް!

ރާޝިދުގެ ކެމްޕެއިނަށް ޤާސިމް އަންގާރަދުވަހު ކޮމަންޑޫ ދާއިރާއަށް!

Author
މުޙައްމަދު ޝަޒައިމް
22 ޖެނުއަރީ 2022 03:00
0

އަންނަ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ކޮމަންޑޫ ދާއިރާއަށް ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދަށް ތާއީދު ހޯދުމަށް ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އަންގާރަ ދުވަހު ކޮމަންޑޫ ދާއިރާއަށް ވަޑައިގެންނެވުމަށް ހަމަޖެހިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ޤާސިމް ކޮމަންޑޫ ދާއިރާއަށް ކުރައްވާ ދަތުރުފުޅުގައި، ސަރުކާރުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ވަޒީރުންނާއި، އެހެން މަޤާމުތަކުގެ ބޭފުޅުންވެސް ކޮމަންޑު ދާއިރާއަށް ވަޑައިގަންނަވާނެއެވެ. މިދަތުރުގައި ޤާސިމްއާއި، ޖުމްހޫރީ ޕާޓީގެ ޓީމުން ކޮމަންޑޫ ދާއިރާގެ ތިން ރަށަށް ވަޑައިގެން ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދު ހޯދުމަށް، ރައީސް ނަޝީދު މިއަދު ކޮމަންޑު ދާއިރާއަށް ވަޑައިގަންނަވާނެއެވެ. މިދަތުރަކީ ރައީސް ޞާލިހުވެސް ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ދަތުރަކަށް ވީނަމަވެސް، އެމަނިކުފާނު ކޯވިޑަށް ޕޮޒިތިވްވުމާއި ގުޅިގެން ވަނީ ކަރަންޓީންވެ ވަޑައިގަންނަވާފައެވެ.

ނަމަވެސް ރައީސް ޞާލިހު މިމަހު ފަހުކޮޅު ކޮމަންޑޫ ދާއިރާއަށް ވަޑައިގަންނަވާނެކަމަށް މައުލޫމާތު ލިބިފައިވެއެވެ. ކޮމަންޑޫ ދާއިރާގެ ކެމްޕެއިން ފޯރިގަދަވެފައިވާއިރު، މިއިންތިޚާބު އެމްޑީޕީގެ ކެނޑިޑޭޓަށް ކާމިޔާބު ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ކޮމަންޑޫ ދާއިރާގައި ކުއްލިއަކަށް އެތައް ޕްރޮޖެކްޓްތަކެއް ފެށި، ބަޖެޓުން ބޭރުން ބޮޑެތި ޚަރަދުތަކެއް ދަނީ ކުރަމުންނެވެ. މިކަމުގެ ކަންބޮޑުވުން އިދިކޮޅު ފަރާތްތަކުން ކުރަމުންދާއިރު، މިއީ ކަނޑައެޅިގެން އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކުރަމުންދާ ކަންތައްތަކެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

M Jjbhhhb
ޢ ޢ.ާއީމް
ޕީ ޕީ އެމް. ނުކުރާ އާކަމެއްބާ. ! ނޫނީ ޕީ ޕީ އެމް އިންް ނޫނީ ކޮށްގެން ނުވާނެ ކަމެއް ކުރެވުނީބާ!!