ޕްރިޔަންކާއަށް ދަރިއަކު ލިބިއްޖެ

ޕްރިޔަންކާއަށް ދަރިއަކު ލިބިއްޖެ

Author
ފާތިމަތު ނާވީ
22 ޖެނުއަރީ 2022 03:24
0

2018 ވަނަ އަހަރު ކައިވެނި ކުރި ބޮލީވުޑް އަދި ހޮލީވުޑްގެ ވެސް ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ލަވަކިއުންތެރިޔާ ނިކް ޖޯނަސް އެމީހުންގެ ފުރަތަމަ ދަރިފުޅަށް މަރުހަބާ ކިޔައިފިއެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ދަރިއަކު ހޯދުމާ ބެހޭގޮތުން މި ދެތަރިން ވަނީ ވަހަކަ ދައްކާފައެވެ. އެގޮތުން ގިނަ ދަރިން ބޭނުންވާ ކަމަށާއި ބައްޕަ އަކަށް ވުމަށް ކެތް މަދުވެފައިވާކަމަށް ނިކް ވަނީ ބުނެފައެވެ. އަދި ވަގުތު ޖެހުމުން ދަރިއަކު ހޯދާނެ ކަމަށް ޕްރިޔަންކާ ވެސް ވަނީ ބުނެފައިއެވެ.

ސަރޮގޭޓް ކޮށްގެން މި ދެމީހުންނަށް އަންހެން ކުއްޖަކު ލިބިފައިވަނީ މިމަހުގެ 15 ގައެވެ. ނަމަވެސް ޕްރިޔަންކާ މިކަން ހާމަކޮށްފައިވަނީ ރޭގައެވެ.

 

View this post on Instagram

 

A post shared by Priyanka (@priyankachopra)

ދަރިއަކު ލިބުން ކަން ފިޔަވާ އިތުރު ތަފްސީލެއް ދެމީހުން ކުރެ އެކަކުވެސް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.