ފޯކައިދޫ ނުހިއްކާ ޗަސްބިމަކުން ގޯތި ދޫކުރަން އިއުލާނުކުރީތީ އުޝާމްގެ ފާޑު ވިދާޅުވެއްޖެ

ފޯކައިދޫ ނުހިއްކާ ޗަސްބިމަކުން ގޯތި ދޫކުރަން އިއުލާނުކުރީތީ އުޝާމްގެ ފާޑު ވިދާޅުވެއްޖެ

Author
މުޙައްމަދު ޖިމީ
22 ޖެނުއަރީ 2022 09:26
0

ޗަސްބިން ގިނަ ފޯކައިދޫގެ ނުހިއްކާ ޗަކަ ބިމަކުން ގޯތި ދޫކުރަން އިއުލާންކުރަން ފެށުމުން ވިލިމަލެ ދާއިރާގެ އެމްއެންޕީގެ މެންބަރު އަޙްމަދު އުޝާމް ފާޑުވިދާޅުވެއްޖެއެވެ.

އާބާދީގައި 1718 މީހުން ހިމެނޭ ފޯކައިދޫއިން ވެއެތުވެދިޔަ 10 އަހަރު ގޯތި ދޫނުކުރީ، ހިއްކައިގެން ނޫން ގޮތަކަށް ގޯތި ދޫނުކުރެވޭނެތީއެވެ. . ފޯކައިދޫއިން 2000 އަކަފޫޓުގެ 120 ގޯތި ދޫކުރުމަށް ރަށު ކައުންސިލުން ނިންމައި ވަނީ އިއުލާންކޮށްފައެވެ.

މިކަމަށް ފާޑުވިދާޅުވެ އުޝާމް ވިދާޅުވީ ހިއްކާފައިނުވާ ފަޅަކުން ގޯތި ދޫކުރުމަށް ކުރީގެ ސަރުކާރުން ނިންމުމުން އެމައްސަލަ ޖެއްސި ފަރާތްތައް މިއަދު މިތިބީ ވެރިކަމުގައިކަމަށެވެ.

މިއަދު މިސަރުކާރުން އިންތިހާބަކާ ދިމާކޮށް މިނިންމީ ހިއްކާފައިނުވާ ޗަސްބިމަކުން ގޯތިދޫކުރުމަށް. ވެރިކަން ލިބުނީމަ ކުރިން ދެއްކި ވާހަކަތައް ހަނދާނެއް ނުހުރޭ.

– އަޙްމަދު އުޝާމް
ގޯތި ދޫކުރުމަށް ފޯކައިދޫ ކައުންސިލުން ގެޒެޓްގައި ކުރި އިއުލާންގައި ވަނީ، ފޯކައިދޫން ގޯއްޗަށް އެދޭ ފޯމު ބަލައިގަންނާނީ މިހިނގާ ޖެނުއަރީ 25، އިން ފެށިގެން ފެބްރުއަރީ 15، ގެ ނިޔަލަށެވެ. މިހާރު ކައުންސިލުން ނެރެފައިވާ އިއުލާނުގައިވާ ޝަރުތުތަކުގެ އިތުރުން ގޯއްޗަށް ކުރިމަތިލާ މީހުންނަށް ޕޮައިންޓު ދޭ އުސޫލެއް ވެސް ފަހުން އާންމު ކުރާނެ ކަމަށް ފޯކައިދޫ ކައުންސިލުން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.