ތިންވަނަ ޕޯލްގެ ނަތީޖާއިންވެސް ބޮޑު ތަފާތަކުން ކާމިޔާބުކުރަނީ ފަތުޚީ

ތިންވަނަ ޕޯލްގެ ނަތީޖާއިންވެސް ބޮޑު ތަފާތަކުން ކާމިޔާބުކުރަނީ ފަތުޚީ

ގުޅުންހުރި

އަންނަ މަހުގެ ފަސްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ ކެނޑިޑޭޓުންގެ މެދުގައި އާންމުންގެ ޚިޔާލް ހޯދުމަށް ނެގުނު ތިންވަނަ ޕޯލްގައި ބޮޑު ތަފާތަކުން ޕްރޮގްރެސިވް ޕާޓީ ޕީޕީއެމްގެ ކެނޑިޑޭތް މޫސާ ފަތުހީ ކާމިޔާބު ކުރާނެކަމަށް ދައްކައިފިއެވެ.

ސައުވީސް ގަޑިއިރަށް ކުރިއަށް ގެންދިޔަ މި ޕޯލްގައި ވޯޓު ދިން މީހުންގެ ތެރެއިން 58 އިންސައްތަ މީހުން ގަބޫލުކުރާ ގޮތުގައި މިއިންތިޚާބު ކާމިޔާބު ކުރާނީ ޕީޕީއެމްގެ ކެނޑިޑޭޓް މޫސާ ފަތުހީއެވެ. ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު ރާޝިދަށް އިންތިޚާބު ކާމިޔާބު ވާނެކަމަށް ގަބޫލުކުރަނީ 19 އިންސައްތަ މީހުންނެވެ. އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ކެނޑިޑޭޓް ހަންނާން އިދުރީސްއަށް މިއިންތިޚާބު ކާމިޔާބް ކުރެވޭނެކަމަށް ގަބޫލު ކުރަނީ 14 އިންސައްތަ މީހުންނެވެ.

މި ޕޯލްގައި 9 އިންސައްތަ މީހުން ބުނަނީ އެއްވެސް ޕާޓީއަކަށް އިތުބާރެއް ނެތްކަމަށެވެ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިން ފޯރީގައި ކުރިއަށްދާއިރު، އިންތިޚާބުގައި އެންމެ ބޮޑަށް ވަދަކުރާނެ ކަމަށް މިހާރު ފެންނަ މަންޒަރުތަކުން ބެލެވެނީ އިދިކޮޅު ޕީޕީމްގެ ކެނޑިޑޭޓާއި، އެމްޑީޕީގެ ކެނޑިޑޭޓެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެ، ބައި އިލެކްޝަނެއް ބާއްވަނީ އެ ދާއިރާ ތަމްސީލުކުރެއްވި އެމްޑީޕީގެ މެމްބަރު ޙުސެއިން ވަހީދު ކެންސަރު ބަލީގައި މިމަހުގެ 14 ވަނަދުވަހު ނިޔާވުމުންނެވެ. ކޮމަންޑޫ ދާއިރާގެ ގޮނޑީގެ ވާދަވެރިކަން ބޮޑުވެފައިވާއިރު ކުރިން އެ ދާއިރާ ތަމްސީލުކުރެއްވި ޙުސެއިން ވަހީދު އެ ގޮނޑި ކާމިޔާބުކުރެއްވީ 332 ވޯޓްގެ ތަފާތުންނެވެ. އެފަހަރު އޭނާއާއި އެންމެ ވާދަކުރީ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް ރަޝީދެވެ.

އަންނަ ފެބްރުއަރީ މަހުގެ 5 ވަނަދުވަހު އޮންނަ ބައި އިލެކްޝަންގައި 6 ވޯޓް ފޮއްޓެއް ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. މި ފޮށިތަކުގެ ތެރެއިން މާލޭގައި އުޅޭ އެ ދާއިރާގެ ރައްޔިތުން ވޯޓްލާން ޖެހޭ ފޮށި ހުންނާނީ އިންތިޚާބާއި ބެހޭ މަރުކަޒު ބާ ޖަމާލުއްދީނުގައެވެ. ކޮމަންޑޫއާއި ފޯކައިދޫ އަދި މަރޮށި ހިމެނޭ މި ދާއިރާގައި 3316 މީހުންނަށް ވޯޓްލުމުގެ ހައްޤު ލިބިގެންވެއެވެ.

ހިޔާލުފާޅު ކުރައްވާ!

2 Responses

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ