ސަލްމާން މިސްކިތް ހުޅުވުމަށް ބޭނުންވާ ފައިސާ ދިނުމަށް ފިނޭންސްއިން ނިންމައިފި

ސަލްމާން މިސްކިތް ހުޅުވުމަށް ބޭނުންވާ ފައިސާ ދިނުމަށް ފިނޭންސްއިން ނިންމައިފި

ގުޅުންހުރި

ކިންގް ސަލްމާން މިސްކިތް ހުޅުވުމަށް ބޭނުންވާ ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ.

ފިނޭންސްއިން މި ފައިސާ ހަމަޖައްސާދީފައި މިވަނީ، އެ މިސްކިތް ހުޅުވުމަށް ބޭނުންވާ ފައިސާ ހަމަޖައްސައިދެއްވުމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީ މިދިޔަ މަހު ރައީސްގެ އަރިހުގައި ދެންނެވުމުންނެވެ. އިސްލާމިކް މިނިސްޓަރ ރައީސްއަށް އެކަމަށް އެދި ފޮނުއްވި ސިޓީގައި ވިދާޅުވެފައިވާގޮތުންކިންގ ސަލްމާން މިސްކިތަށް ބޭނުންވާ ފަރުނީޗަރުފަދަ ތަކެތި ހޯދުމުގެ އަގަކީ 1.6 މިލިއަން އެމެރިކާ ޑޮލަރެވެ.

އިސްލާމިކް މިނިސްޓަރ ވިދާޅުވެފައިވާގޮތުގައި މިހާރު ފަރުނީޗަރ ހޯދުމުގެ މަސައްކަތް ނުކޮށްފިނަމަ އަންނަ ރަމަޟާން މަހަށް އެ މިސްކިތް ނުހުޅުވ ލަސްވެދާނެކަމަށެވެ.

ސަރުކާރުން ވަނީ އެކި ފަހަރުގެ މަތިން ސަލްމާން މިސްކިތް ހުޅުމުގެ މަސައްކަތް މީގެ ކުރިން ވެސް ކޮށްފަ އެވެ. ނަމަވެސް މިސްކިތް ހުޅުވުން ތަފާތު ސަބަބުތަކާ ހެދި ވަނީ ލަސްވެފަ އެވެ. އެއީ އެ މިސްކިތަކީ ސައުދީ ރަސްގެފާނު ހަދިޔާ ކުރައްވާ މިސްކިތަކަށްވެ، އެ މިސްކިތް ހުޅުވަން ސައުދީގެ އިސް ބޭފުޅުން ރާއްޖެ ވަޑައިގަންނަވަން ބޭނުންފުޅުވާތީ އެވެ. އެ ދަތުރު ކުރަން ދަތިވެފައި ވަނީ ކޮވިޑްގެ ހާލަތު މުޅި ދުނިޔޭގައި ވެސް ގޯސްވެފައިވާތީ މިވަގުތު އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުން ރައްކާތެރި ކަމަކަށް ނުވާތީ ކަމަށްވެސް ދިވެހި ސަރުކާރުން ބުނެއެވެ.

ސަޢުދީ ސަރުކާރާއި ގުޅިގެން އަންނަ ރަމަޟާން މަހަށް މިސްކިތް ހުޅުވުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރައްވަމުންކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ މީގެކުރިން ހާމަކުރައްވާފައެވެ. އޭގެކުރިންވެސް މިސްކިތް ހުޅުވުމަށް ގިނަ ތާރީޚުތަކެއް ދެއްވިނަމަވެސް އެކި ސަބަބުތަކާއި ހުރެެގެން ފަސްކުރަންޖެހިފައިވެއެވެ. އެހެންނަމަވެސް މިކަމާއި ގުޅޭ ޚާއްސަ ބައްދަލުވުންތަކެއް ބޭއްވުމަށް މިއަހަރުގެ އޯގަސްޓްމަހު ސަޢުދީ ސަރުކާރުގެ ވަފުދެއް ވަނީ ރާއްޖެއަށް ޒިޔާރައްކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ