ޕަރީނިތީގެ ފުރަތަމަ ރިއަލިޓީ ޝޯވ މާދަމާ ދައްކަން ފަށަނީ

ޕަރީނިތީގެ ފުރަތަމަ ރިއަލިޓީ ޝޯވ މާދަމާ ދައްކަން ފަށަނީ

Author
ފާތިމަތު ނާވީ
21 ޖެނުއަރީ 2022 09:43
0

ކަލާޒް ޓީވީގެ ރިއަލިޓީ ޝޯވ "ހުނަރް ބާޒް: ދޭޝްކީ ޝާން" މާދަމާ ދައްކަން ފަށާގޮތަށް ހަމަ ޖައްސަައިފިއެވެ.

މި ޝޯވ އަކީ ބަތަލާ ޕަރިނީތީ ޗޯޕްރާ ފުރަތަމަ ފަހަރަށް ޖަޖެއްގެ ގޮތުގައި ފެނިގެންދާ ޝޯވއެވެ. ޕަރީގެ އިތުރުން ދެން ޝޯވގައި ތިބި ދެ ޖަޖުންނަކީ މިތުން ޗަކްރަބަތީ އާއި ކަރަން ޖޯހަރެވެ.

މީގެކުރިން މި ޝޯވއާ ބެހޭގޮތުން ވާހަކަދައްކަމުން ޕަރީ ބުނެފައިވަނީ މިފަދަ ސީނިއާ ޓިމަކާއެކު ޖަޖެއްގެ ގޮތުގައި މި ފުރުސަތު ލިބުމަކީ ހުވަފެނެއް ހަގީގަތަކަށް ވުންފަދަ ކަމެއް ކަމަށެވެ.

މި ޝޯވގައި އިނޑިއާގެ އެކި ކަންކޮޅު ތަކުން އެތައް ބައިވެރިންނެއް ބައިވެރިވެފައި ވެއެވެ. އަދި މިޝޯވއިން ތަފާތު ހުނަރުތައް ފެނިގެން ދާނެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 8:30 ގައި ކަލާޒް އިން މި ޝޯވ ޕްރިމިއާ ކުރާނެއެވެ. އަދި މި ޝޯވ ދެއްކުމަށް ކަނޑަ އަޅާފައިވަނީ ކޮންމެ ހޮނިހިރު އަދި އާދީއްތަ ދުވަހެއްގެ ރޭ، ރާއްޖެ ގަޑިން 8:30 ގައެވެ.

 

View this post on Instagram

 

A post shared by ColorsTV (@colorstv)

މި ޝޯވ ހޯސްޓް ކޮަށްދެނީ މަޝްހޫރު ކޮމޭޑިއަން ބާރްތީ ސިންގް އަދި އޭނާގެ ފިރިމީހާ ހަރްޝް ލިމްބާޗިޔާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.