މޭރީ މަރާލާނެގޮތުގެ އިރުޝާދު މާވިންއަށް ދިނީ ލަމްހާ!

މޭރީ މަރާލާނެގޮތުގެ އިރުޝާދު މާވިންއަށް ދިނީ ލަމްހާ!

ގުޅުންހުރި

އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުސް، މޭރީ ގްރޭސް މަރާލަން އިރުޝާދު ދިނީ އޭނާގެ ފިރިމީހާ މާވިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދިވެހި އަންހެން މީހާކަމަށް ދައުލަތުން ތުހުމަތުކޮށްފިއެވެ.

އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުސް މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ މާވިން އާއި އޭނާ ލޯބިވެރިޔާ ޅ.ހިންނަވަރު މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހުމާންގެ މައްޗަށް އުފުލި ދައުވާގެ ޝަރީޢަތް މިއަދު ވަނީ ކްރިމިނަލް ކޯޓުގައި ފަށާފައެވެ. މާވިންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އަދި ލަމްހާގެ މައްޗަށް އިތުރު 3 ދައުވާއެއް އުފުލާފައިވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާއާއި، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ.

މި މައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު ފެށި އަޑުއެހުންތަކުގައި ދައުލަތުން ވަނީ ލަމްހާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދަޢުވާ އިއްވުމަށްފަހު އޭނާ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އެދިފައެވެ. ދައުލަތުން ވަނީ މޭރީ ގްރޭސް މަރާލަން މާވިންއާއެކު ލަމްހާ ދައްކާފައިވާ ވާހަކަތައްކަމަށް ބުނާ ބައެއް ވާހަކަތައްވެސް ދައުލަތުން ވަނީ މިއަދުފެ ޝަރީޢަތުގައި ހިއްސާކޮށްފައެވެ.

ލަމްހާއާއި މާވިންގެ ޝަރީއަތް ކުރިއަށްގެންދަނީ ވަކިވަކިންނެވެ. މިއަދުގެ ޝަރީޢަތުގައި ދައުލަތުން ހުށައެޅި ކަންކަމަށް ރިޔާއަތްކޮށް ލަމްހާއާއި މާވިންގެ ބަންދަށް ދައުލަތުން އެދުނުގޮތަށް 30 ދުވަސް ވަނީ ޖަހައިދީފައެވެ.

މޭރީ މަރާލަން މާވިންއާއެކު ލަމްހާ ދެއްކި ބައެއް ވާހަކަތައް ކަމަށްބުނެ ދައުލަތުން ވަނީ މާވިންއާއި ލަމްހާއާއި ދެމެދު ކޮށްފައިވާ މެސެޖްތަކެއް އެ ދެމީހުންގެ ފޯނުން ފުލުހުންގެ ތަހުގީގަށް ހޯދިފައިވާކަމަށް ވިދާޅުވެފައެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ ލަމްހާގެ ފޯނުން އިންޓަނެޓުގެ ވަސީލަތްކަމަށްވާ ގޫގަލް މެދުވެރިކޮށް ހަށިގަނޑު އިންޖެކްޓް ކުރާނެ ގޮތް ބަލައި މާވިންއަށް ލަމްހާ މެސެޖުން ކިޔައިދީފައިވާކަމަށެވެ. މިގޮތުން ލަމްހާ ފޮނުވި މެސެޖުގައި މޭރީ މަރާލުމަށް އެ ސިރިންޖް ބޭނުންކޮށް އެއްކޮށް ހުސްކޮށްލުމަށްފަހު މޭރި މަރުވިކަން ޔަގީން ކުރުމަށް އެދިފައިވާކަމަށް ދައުލަތުން ބުނެފައިވެއެވެ.

ދައުލަތުން މިހެން ވިދާޅުވެފައިވާއިރު، ލަމްހާ ދިރިއުޅުނު ކޮޓަރިން އައިޖީއެމްއެޗުން ބޭރަށް ގެންދިޔުން މަނާ ބައެއް އިންޖެކްޝަންތަކަކާއި ބޭސްތަކެއް ފުލުހުން ހޯދާފައިވެއެވެ. ދައުލަތުން ވިދާޅުވެފައިވަނީ އެއީ ދިރިހުރި އިންސާނެއް މަރާލެވޭނެފަދަ ބާރުގަދަ ބޭސްތަކެއްކަމަށެވެ. މާވިންއާއި ލަމްހާވެސް މަސައްކަތް ކުރަމުންދިޔައީ އައިޖީއެމް ހޮސްޕިޓަލްގައި ނަރުހެއްގެ ގޮތުގައެވެ.

މިއަދުގެ ޝަރީއަތުގައި ދައުލަތުން ވަނީ ލަމްހާގެ ފޯނުގެ ފޮރިންސިކް ރިޕޯޓެއްވެސް ހެކި ހުށަހަޅާ މަރުހަލާގައި ހުށަހަޅާނެކަމަށް ވިދާޅުވެފައެވެ. މިއަދުގެ އަޑުއެހުމަށް ލަމްހާ ޙާޒިރުވެފައިވަނީ ދިފާޢީ ވަކީލަކާއެކުއެވެ.

މޭރީ މާރޢލިކަމުގެ ކުށް މާވިންއަށް ސާބިތުވެއްޖެނަމަ، އެ ކުށުގެ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށް ލުމެވެ. އަދި ލަމްހާގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާއެއް ސާބިތުވެއްޖެނަމަ ލަމްހާގެ މައްޗަށް 6އަހަރާއި 4މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އޮކްޓޯބަރު މަހުގެ 19ވަނަ ދުވަހު މަރުވި ފިލިޕީންސް އަންހެންމީހާގެ މަރުގެ މައްސަލަ ފުލުހުން ތަޙުގީގުކުރަން ފެށީ، އެޙާދިސާއާ ގުޅިގެން އާދަޔާ ޚިލާފު ކަންތައްތަކެއް ފާހަގަކުރެވިގެންނެވެ. މަންޒަރުދުށް ބައެއް މީހުން ބުނިގޮތުގައި، އޭނާ މަރުވެގެން ހޮސްޕިޓަލަށް ގެނެސްފައިވަނީ އޭނާގެ ފިރިމީހާއެވެ. މި މައްސަލައާ ގުޅިގެން އެންމެ ބޮޑަށް ޝަކުކުރެވެނީވެސް މޭރީގެ ފިރިމީހާއަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ