ކޯވިޑްގައި މިއަދުގެ ތިންވަނަ މަރު

ކޯވިޑްގައި މިއަދުގެ ތިންވަނަ މަރު

Author
މުޙައްމަދު ޖިމީ
20 ޖެނުއަރީ 2022 03:01
0

ކޯވިޑް ބަލީގައި މިއަދު ތިންވަނަ މީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ ނިޔާވެފައިވަނީ އައްޑޫ ކޯވިޑް މެނޭޖުމަންޑު ފެސިލިޓީގައި ފަރުވާދެމުން އައި މީހެއްކަމަށެވެ. ނިޔާވެފައިވަނީ ޢުމުރުން 76 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ މިއަދު ނިޔާވި ތިންވަނަ މީހާއެވެ.

މިއަދު ދެން ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި ޢުމުރުން 63 އަހަރުގެ އަންހެނަކާއި، ލ.ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާދެމުން އައި ޢުމުރުން 79 އަހަރުގެ ފިރިހެނެކެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް ބަލީގައި ނުޔާވި މީހުންގެ ޢަދަދު 268އަށް އަރާފައެވެ. ކޯވިޑްގެ އައު ވޭރިއަންޓް އޮމިކްރޯންއާއެކު ރާއްޖޭގައިވެސް ކޯވިޑް ފެތުރޭ ނިސްބަތް ވަނީ ވަރަށް ބޮޑަށް ހަލުވިވެފައެވެ. އަދި ބަލީގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ ޢަދަދުވެސް ވަނީ މައްޗަށް އަރަންފަށާފައެވެ. މިގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް 2000އަށްވުރެ ގިނަ މީހުން ކޯވިޑަށް ޕޮޒިޓިވްވެ 40އަށް ވުރެ ގިނަ މީހުން އަންނަނީ އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ. އެޗްޕީއޭއިން ވަނީ ނިސްބަތުން ގިނަ ބަޔަކު އެއްފަހަރާ ބައްޔަށް ޕޮޒިޓިވްވަމުންދާނަމަ، ހޮސްޕިޓަލްތަކަށްވެސް ބާރު ބޮޑުވެގެން ހިނގައިދާނެކަމަށް ބުނެފައެވެ.

ކޯވިޑްގެ އާ ޕީކާއެކު އެޗްޕީއޭވެސްވަނީ ކުއްލި ޙާލަތަށް އައިސްފައެވެ. އެގޮތުން އެމަޖެންސީ ސެންޓަރު އިތުރަށް ވަރުގަދަކުރުމާއި ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅު އެޅުމަށް އުސޫލުތައް އަންނަނީ ނެރެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.