ކޯވިޑްގައި މިއަދު 2 މީހަކު ނިޔާވެއްޖެ

ކޯވިޑްގައި މިއަދު 2 މީހަކު ނިޔާވެއްޖެ

Author
މުޙައްމަދު ޖިމީ
20 ޖެނުއަރީ 2022 12:56
0

ކޯވިޑް-19އަށް ފަރުވާދެމުން އައި ދެމީހަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި ޢުމުރުން 63 އަހަރުގެ އަންހެނަކާއި، ލ.ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާދެމުން އައި ޢުމުރުން 79 އަހަރުގެ ފިރިހެނެކެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް ބަލީގައި ނުޔާވި މީހުންގެ ޢަދަދު 267އަށް އަރާފައެވެ. ކޯވިޑްގެ އައު ވޭރިއަންޓް އޮމިކްރޯންއާއެކު ރާއްޖޭގައިވެސް ކޯވިޑް ފެތުރޭ ނިސްބަތް ވަނީ ވަރަށް ބޮޑަށް ހަލުވިވެފައެވެ. އަދި ބަލީގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ ޢަދަދުވެސް ވަނީ މައްޗަށް އަރަންފަށާފައެވެ. މިގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް 2000އަށް ވުރެ ގިނަ މީހުން ކޯވިޑަށް ޕޮޒިޓިވްވެ 40އަށް ވުރެ ގިނަ މީހުން އަންނަނީ އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ.

އެޗްޕީއޭއިން ވަނީ ނިސްބަތުން ގިނަ ބަޔަކު އެއްފަހަރާ ބައްޔަށް ޕޮޒިޓިވްވަމުންދާނަމަ، ހޮސްޕިޓަލްތަކަށްވެސް ބާރު ބޮޑުވެގެން ހިނގައިދާނެކަމަށް ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.