ދުނިޔޭގެ އެންމެ ދުވަސްވީ ފިރިހެންމީހާގެ ލަގަބު ހޯދައިފައިވާ ފިރިހެންމީހާ އުމުރުން 112 އަހަރުގައި އިއްޔެ މަރުވެއްޖެއެވެ.
ސްޕެއިންގެ ސަޓުނީނޯ ޑި ލާ ފުއެންޓޭ ގްރާޝިއާއަށް މި ރިކޯޑް ލިބިފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ.
ގިނިސް ވޯލްޑް ރެކޯޑުން ބުނި ގޮތުގައި އޭނާ މަރުވި އިރު އުމުރަކީ 112 އަހަރާއި 341 ދުވަހެވެ. ސަޓުނީނޯ އުފަންވީ 11 ފެބްރުއަރީ 1909 ގަ އެވެ. މި ރެކޯޑް އޭނާ އަށް ލިބުނު އިރު އުމުރަކީ 112 އަހަރާއި 211 ދުވަހެވެ.
ސްޕެއިންގެ ހުޅަނގު އުތުރުގެ ސަރަހައްދެއް ކަމަށްވާ ޕޮންޓޭ ކާސްޓްރޯއަށް އުފަން ސަޓުނީނޯއަށް މި ރިކޯޑް ލިބުނީ، ކުރިން އެ ރެކޯޑް އޮތް ޕިއުޓެ ރިކޯގެ އެމިލިއޯ ފްލޯރެސް މާކްއެޒް 113 އަހަރުގައި އޮގަސްޓް މަހު މަރުވުމާ ގުޅިގެންނެވެ.
Saturnino was born on 8th of February 1909 and passed away at his home in Spain.
— Guinness World Records (@GWR) January 19, 2022
ސަޓުނީނޯ އަކީ ހަތް އަންހެން ދަރިންގެ ބައްޕައެކެވެ. އޭނާ މަރުވި އިރު، 14 ކާފަދަރިންނާއި 22 މުނިކާފަދަރިން އެބަތިއްބެވެ.