ކޯވިޑު ޖެހިގެން 25 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެއްޖެ

ކޯވިޑު ޖެހިގެން 25 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެއްޖެ

ކޯވިޑް ބަލީގައި 25 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ ގއ.މާމެންދުއަށް ނިސްބަތްވާ މީހެކެވެ. މިމީހާ ނިޔާވެފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި އޭނާވަނީ ރޭ ފަތިސް ނަމާދަށްފަހު ވަޅުލާފައެވެ.

މިއާއުއެކު ރާއްޖެއިން ކޯވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 266 އަށް އަރާފައެވެ. މިއީ މިފަހުން ރާއްޖެއިން ކޯވިޑްގައި ނިޔާވި އެންމެ ހަނގު އުމުރުގެ މީހާއެވެ.

ރާއްޖޭގައި ކޯވިޑްގެ ނުރައްކާ ބޮޑުވެފައިވާއިރު، އިއްޔެ އެކަނިވެސް ވަނި 1594 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވެއެވެ. މިވަގުތު 8079 މީހަކު ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން 40 މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *