މިދުވަސްވަރު، ކަނޑުގެ އޮއިވަރު ގަދަވާނެތީ ސަމާލުވުމަށް އެދިއްޖެ

މިދުވަސްވަރު، ކަނޑުގެ އޮއިވަރު ގަދަވާނެތީ ސަމާލުވުމަށް އެދިއްޖެ

Author
މުޙައްމަދު ޝަޒައިމް
19 ޖެނުއަރީ 2022 08:56
0

އިރުވައި މޫސުމުގެ މިދުވަސްވަރަކީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ އޮއިވަރު ގަދަވެފައިވާތީ، ކަނޑުމަތީގެ ޙަރަކާތްތައް ހިންގުމުގައި ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.

މެޓް އޮފީހުން ބުނެފައިވަނީ އިރުވައި މޫސުމުގެ މިދުވަސްވަރަކީ ރާއްޖޭގެ ސަރަޙައްދުގައި އޮއިވަރު ގަދަވާ ދުވަސްވަރެއްކަމަށެވެ. ޚާއްކޮށް މެދުރާއްޖެތެރެއާއި ދެކުނުގެ ކަނޑުތަކުގެ އޮއިވަރު ގަދަވެފައިވާކަމަށް އެއިދާރާއިން ބުނެއެވެ. މިއާއެކު މަސްވެރިކަމާއި، ފީނުމާއި ޑައިވިން އަދި މޫދާ ކަނޑުމަތީގެ އެހެނިހެން އެކިއެކި ކުޅިވަރުތަކާއި ޙަރަކާތްތައް ހިންގުމުގައި ޚާއްސަ ސަމާލްކަމެއް ދިނުމަށްވަނީ އެއިދާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

މޫސުން ރަނގަޅުވިނަމަވެސް، ކަނޑުގެ އޮއިވަރަށް އަންނަ ބަދަލުތަކުގެ ސަބަބުން، ކޮންޓްރޯލް ގެއްލި ކަނޑު މަތީގެ ނުރައްކާތެރި ހާދިސާތައް ދަނީ ހިނގަމުންނެވެ. އަދި މީހުން ގެއްލުމާއި މަރުވުމުގެ ހިތާމަވެރި ޙާދިސާތައްވެސް އަންނަނީ ހިނގަމުންނެވެ.

މިފަދަ އެއްވެސް ޙާދިސާއެއް ހިނގައިގެން އުޅޭކަން އެނގިއްޖެނަމަ، ލަސްނުކޮށް ކޯސްޓްގަރޑްގެ އެހީއަށް އެދުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.