ބްރައިޓަން އަތުން ޗެލްސީއަށް މޮޅެއް ނުވެވުނު

ބްރައިޓަން އަތުން ޗެލްސީއަށް މޮޅެއް ނުވެވުނު

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަން އާއި ވާދަކުރި މެޗުންވެސް ޗެލްސީއަށް މޮޅެއް ނުލިބި އެއްވަރުވެގެން ނިމިއްޖެއެވެ.

ބްރައިޓަންގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ޕްރިމިއާ ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު 7 މެޗުވެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. އަދި މިދިޔަ ހަފްތާ ކުޅުނު މެޗުގައި ޗެމްޕިއަން މެންޗެސްޓާސިޓީ އަތުން ވަނީ ބަލިވެފައެވެ. ފަހަކަށް އައިސް ޗެލްސީގެ ފަރާތުން ފެންނަ ދަށް ނަތީޖާތަކުގެ ސަބަބުން ލީގު ހޯދުމުގެ ރޭހުގައި އެޓީމަށް ވަނީ ގިނަގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް އެވަރެޖް ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޗެލްސީންނެވެ. މި ލަނޑު މެޗުގެ 28 ވަނަ މިނެޓުގައިޗެލްސީއަށް ކާމިޔާބުކޮށްދިނީ، ހަކީމް ޒިޔެޗްއެވެ. ބްރައިޓަން އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފް ފަށައިގެން 60 ވަނަ މިނެޓުގައެވެ. މި ލަނޑުބްރައިޓަން އަށް ކާމިޔާބުކޮށްދިނީ، އެޑަމް ވެބްސްޓާއެވެ.

މި މެޗުން މޮޅުވުމަށް ޗެލްސީން ވަނީ 80 ވަނަ މިނެޓުގައި 3 ބަދަލެއް ގެނެސްފައެވެ. އެގޮތުން ކައި ހަވާޓްޒް އާއި މަޓެއޯ ކޮވަސިޗްގެ އިތުރުން ޓިމޯ ވާނަރކުޅެން އަރުވައި، ލަނޑެއް ޖެހޭތޯ ވަރަށް މަސައްކަތްކުރި ނަމަވެސް ކާމިޔާބުވާގޮތެއް ނުވިއެވެ.

މި ނަތީޖާއާއެކު ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު 23 މެޗުން ލިބުނު 44 ޕޮއިންޓާއެކު ޗެލްސީ އޮތީ 3 ވަނައިގައެވެ. ދެ ވަނައިގައި ލިވަޕޫލް އޮތީ 21 މެޗުން ހޯދި 45 ޕޮއިންޓާއެކުއެވެ. އަދި އެއްވަނައިގައި 22 މެޗުން ހޯދި 56 ޕޮއިންޓާއެކު އޮތީ ސިޓީއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *