ބ. ތުޅާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 70 ޕަސެންޓް ނިމިއްޖެއެވެ.
އެމްޓީސީސީން ބުނެފައިވަނީ މިމަސައްކަތުގެ ތެރެއިން ވެލި ބޭނުންކޮށްގެން ކޮނުމަށްފަހު ބިންގަނޑު އެއްވަރު ކުރުމާއި، ބެޑު ތައްޔާރު ކުރުމުގެ މަސައްކަތް ވަނީ ނިމިފައިކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، ކޮނުމަށްފަހު ބިންގަޑު އެއްވަރުކުރަން 11,700ކިއުބިކް މީޓަރުގެ ވެލިބޭނުންކުރުމާއި، ބެޑު ތައްޔާރުކުރުމާއި، 280 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.
Work on design and build of Shore Protection Structures at B. Thulhaadhoo is well underway, with overall 70% project progress. We have completed backfilling and bed preparation works.#MTCCProjects #RayyithungeKunfuni pic.twitter.com/wT6atMlPog
— MTCC Plc (@MTCCPlc) January 18, 2022
އެމްޓީސީސީން ބުނީ މި މަޝްރޫޢަށް ދައުލަތުގެ ބަޖެޓުން 10.13 މިލިއަން ރުފިޔާގެ ހަރަދުވާނޭކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. އެމްޓީސީސީގެ މަސައްކަތްތައް ރާއްޖޭގެ ހުރިހާ އަތޮޅުތަކުގައި ދަނީ ކުރިއަށްގެންދަމުންނެވެ. އެގޮތުން 50 އަށްވުރެ ގިނަ މަޝްރޫޢުގެ މަސައްކަތް މިހާރުވެސް އެކުންފުނިން ދަނީ ކުރަމުންނެވެ.
ގޮނޑުދޮށް ހިމާޔަތްކުރުމުގެ މައްސަކަތް ފެއްޓުމަށް ތައްޔާރުވަމުންދާއިރު، އެރަށުގައި ސަރުކާރުން ހަދާ 100 ހައުސިން ޔުނިޓްގެ މަސައްކަތްވެސް ބާރު ސްޕީޑެއްގައި ކުރިއަށްދާކަން ފާހަގަކުރެވެއެވެ.