ފީފާއިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ އެވޯޑް ބަޔާން މިއުނިކަށް ކުޅެމެން އަންނަ ޕޮލެންޑްގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ދިފާއުކޮށްފިއެވެ.
ލެވަންޑޯސްކީ މި އެވޯޑް ދިފާޢުކުރީ ލިއޮނަލް މެސީ އާއި މުހައްމަދު ސަލާހް އާއި ވާދަކޮށެވެ. އެގޮތުން ލެވަންޑޯސްކީއަށް 48 ޕޮއިންޓް ލިބުނުއިރު، މެސީއަށްލިބުނީ 44 ޕޮއިންޓްއެވެ. އަދި ސަލާހް އަށް ލިބުނީ 39 ޕޮއިންޓްއެވެ.
2021 ވަނަ އަހަރުގެ އެވޯޑުތައް ހާސިލްކުރި ފަރާތްތައް އިއުލާން ކުރުމަށް ފީފާއިން ސްވިޒަލޭންޑްގެ ޒިއުރިޗްގައި ހާއްސަ ހަފުލާއެއް ބޭއްވި ނަމަވެސް، މިފަހަރުގެހަފުލާ ބާއްވާފައިވަނީ ކުޅުންތެރިން އެއްތަނަކަށް ގެންގޮސް ނޫނެވެ.
2021 ވަނަ އަހަރުގެ އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދީ، ބާސެލޯނާގެ ތަރި އެލީޒިއާ ޕުޓެލާސްއެވެ. އެންމެ މޮޅު ގޯލް ކީޕަރުގެ މަގާމުލިބުނީ ޗެލްސީގެ ކީޕަރ މެންޑީއަށެވެ.
އެންމެ މޮޅު ފިރިހެން ކޯޗުގެ މަގާަމު ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ހޯދިއިރު، އެންމެ މޮޅު އަންހެން ކޯޗުގެ މަޤާމުވެސް ލިބުނީ ޗެލްސީގެ އަންހެން ޓީމުގެ ކޯޗުއެމާ ހޭސްއެވެ.
އެންމެ މޮޅު ގޯލަކަށް ދޭ ޕުސްކަސް އެވޯޑް ހާސިލްކުރީ ޓޮޓެންހަމް އަށް ކުރިން ކުޅުނު އާޖެންޓީނާގެ އެރިިކް ލަމޭލާއަށެވެ. ފެއަރ ޕްލޭ ޓީމުގެ އެވޯޑް ލިބުނީޑެންމާކަށެވެ.
މީގެ އިތުރުން މި ހަފްލާގައި ވަނީ ފީފާގެ ހާއްސަ އެވޯޑެއް ކްރިސްޓިއާނޯ ރޮނާލްޑޯއަށް ދީފައެވެ. އެއީ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީގެން އީރާންގެ ކުރީގެފޯވާޑް އަލީ ދާއީ ހަދާފައިވާ ރެކޯޑް މުގުރާލުމާއި ގުޅިގެން އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ދިން އެވޯޑެކެވެ.
ކޮމެންޓު ފޮނުވާ