ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމަށް އަޅާފައިވާ ކޭބަލެއް ކަނޑައިގެން ގޮސް ހިޔާ ފަލްޓެތަކުން ކަރަންޓް ކެނޑުމަށްފަހު ފްލެޓްތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ފަށައިފިއެވެ.
ސްޓެލްކޯއިން ވިދާޅުވީ ހުޅުމާލޭގެ ހިޔާފްލެޓްތަކަށް ކަރަންޓު ދިނުމަށް އަޅާފައިވާ ކޭބަލަކަށް އެސަރަޙައްދު ކޮނުމުގެ ތެރޭގައި ގެއްލުންވެ، ހިޔާ ފްލެޓްތަކުން ކަރަންޓު ކެނޑިފައިވާކަމަށެވެ. އެ މައްސަލަ ހައްލުކޮށް ވީ އެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ކުރަމުންކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. ސްޓެލްކޯއިން ވަނީ މިކަމާއި ގުޅިގެން ދިމާވާނެ ދަތިތަކަށް މާފަށް އެދިފައެވެ.
އަދި މިހާރު ހިޔާ ފްލެޓް ތަކުގެ ތެރެއިން H8,H7,H6.H5.H4.H3.H2,H1 ފިޔަވާ އެހެން ފްލެޓްތަކަށް މިހާރު ވަނީ ކަރަންޓު ދެވިފައި ކަމަށާއި، ބާކީ ހުރި ފްލެޓްތަކަށް ވީހާވެސް އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރެވެމުންދާކަމަށެވެ.
އަޕްޑޭޓް: އެޗްޑީސީން މަގު ހެދުމަށް ހަވާލުކޮށްފައިވާ ފަރާތުން ކޮނުމުގެ ތެރޭގައި ގެއްލުން ވެފައިވަނީ ހިޔާފްލެޓްތަކަށް ކަރަންޓު ދިނުމަށް އެޗްޑީސީން އަޅާފައިވާ ކޭބަލަކަށް. މި ކޭބަލް މަރާމާތު ކުރުމަށް ގާތްގަނޑަކަށް 3 ނުވަތަ 4 ގަޑި އިރު ހޭދަވާނެ ކަމަށް ބެލެވޭ. pic.twitter.com/rEoQtBZ0zx
— STELCO (@STELCOMALDIVES) January 17, 2022
ގްރޭޓަރ މާލޭ އިންޓަރކަނެކްޝަން މަޝްރޫޢުގެ ދަށުން މާލެ، ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގާއަކުން މިހާރު ވަނީ ގުޅާލާފައެވެ. މި މަޝްރޫޢުގެ ދަށުން ޤާއިމުކޮށްފައިވާ ސަބްސްޓޭޝަންތައް އެނަޖައިޒްކުރުމުގެ މަސައްކަތް މިދިޔަ ޖުލައިމަހުގެ ތެރޭގައި ސްޓެލްކޯއިން ކޮށްފައިވެއެވެ.
ސްޓެލްކޯއިން މާލެ ސަރަހައްދުގެ ރައްޔިތުންނަށް ކަރަންޓް ފޯރުކޮށްދިނުމުގައި ދިމާވާ މައްސަލަތައް ވީހާވެސް ކުޑަކޮށް، ކުންފުނީގެ ސިސްޓަމްތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް އަބަދުވެސް ކުރެއެވެ.