ސިވިލް ކޯޓުގެ ޤާޟީކަމަށް 23 ބޭފުޅަކު ކުރިމަތިލައިފި

ސިވިލް ކޯޓުގެ ޤާޟީކަމަށް 23 ބޭފުޅަކު ކުރިމަތިލައިފި

ސިވިލް ކޯޓަށް ޤާޟީން ހޯދުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)އިން ކުރި އިއުލާނާއި ގުޅިގެން 23 ބޭފުޅަކު ކުރިމަތިލައިފިއެވެ.

ސިވިލް ކޯޓަށް ދެ ގާޟީން ހޯދަން ޖޭއެސްސީން ކުރި އިއުލާނާއިގުޅިގެން އިއްޔެ މުއްދަތު ހަމަވިއިރު އެ މަޤާމަށް 23 ބޭފުލަކު ކުރިމަތިލާފައިވާކަމަށް ޖޭއެސްސީން ވިދާޅުވިއެވެ. ޖޭއެސްސީން ވަނީ އެ މަޤާމަށް ކުރިމަތިލެއްވި ބޭފުޅުންގެ މަޢުލޫމާތުވެސް އާންމުކުރައްވާފައެވެ.

ސިވިލް ކޯޓުގެ ގާޟީކަމަށް ކުރިމަތިލެއްވި ބޭފުޅުން

  • އަލީ ނަސީރު / ގާޑެނިޔާވިލާ، ބ. ކިހާދޫ
  • ނަފީލު މުޙައްމަދު / ލަކީހޯމް، ގއ. ދާންދޫ
  • އުއްމުކުލްޘޫމް އަބޫބަކުރު / ރަނައުރާގެ، ބ. ހިތާދޫ
  • އަލީ ރިޒާ / ދަފްތަރު ނަންބަރު ރސ 7172 މާލެ
  • ޝުކުރުﷲ ޝަކީލް / ސިޔާމާމަންޒިލް، އއ. ފެރިދޫ
  • ސުލައިމާން މުޙައްމަދު / ނޫރާނީގެ، ޅ. ކުރެންދޫ
  • މުހައްމަދު މޫސާ / ސިނަމާގެ، ޅ. ނައިފަރު
  • އިބްރާހީމް އަލީ / ގ. އަންމޯލް، ކ. މާލެ
  • އަބްދުލްމުހްސިން އަބްދުލްޙަކީމް / އާކުރި، ގއ. ނިލަންދޫ
  • މުހައްމަދު ވިދާން ޝާކިރު / ހ. ހުދުފިނިފެންމާގެ، ކ. މާލެ
  • އަބްދުﷲ މިފްރާޒް ނިޒާރު / ގ. އޮށްޓަރު، ކ. މާލެ
  • ޒުލައިޚާ ޝީޒާ / ފިތިރޯނުގެ، ސ. ފޭދޫ
  • ސައްޔާޙް ޚަލީލް/ ހިތިލާގެ، ގއ. ކޮލަމާފުށި
  • ހަމްދޫން ރަޝީދު / ފަޒާ، ށ. ފޯކައިދޫ
  • އާދަމް ޒާލިފް / އޯކިޑުމާގެ، ގއ. ގެމަނަފުށި
  • އަބްދުﷲ ފަހުމީ / އަލިމަސްގެ، ގއ. ގެމަނަފުށި
  • މަނާފް އިބްރާހީމް / މުލަންމާގެ، ގއ. ދާންދޫ
  • އަހްމަދު ނިމާލް ޖުނައިދު / ފެހިގެ، ގއ. މާމެންދޫ
  • މަރްޔަމް ޝާނީ / ސަނދުބަރަކާގެ، ހއ. ދިއްދޫ
  • މުހައްމަދު ނިޝާތު / ރީލްމަންޒިލް، ގއ. ކަނޑުހުޅުދޫ
  • ހަސަން ޝިޔާމް މުހައްމަދު / ސަދަންވިލާ، ގދ. ވާދޫ
  • ސިނާން އަލީ / ސަންޑަލްވޫޑް، ގދ. ފިޔޯރީ
  • އަހްމަދު ޝިފާއު / ލަކީސްޓަރ، ހއ. މާރަންދޫ

ސިވިލް ކޯޓުގެ ގާޟީންގެ އަސާސީ މުސާރަ އަކީ 30،000 ރުފިޔާއެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ ލިބޭއިރު ރިސްކް އެލަވަންސްގެ ގޮތުގައި 1،650 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. އަދި މެޑިކަލް އިންޝުއަރެންސް އަދި ފޯނު އެލަވަންސްވެސް ލިބިވަޑައިގަންނަވާނެއެވެ. މިއާއެކު ޖުމްލަ މުސާރައިގެ ގޮތުގައި ގާތްގަނޑަކަށް 45،650 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *