ޑައިވްކުރަން އުޅެނިކޮށް ގެއްލުނު ފަތުރުވެރިޔާގެ ހަށިގަނޑު ކަނޑުގެ އަޑިން ފެނިއްޖެ

ޑައިވްކުރަން އުޅެނިކޮށް ގެއްލުނު ފަތުރުވެރިޔާގެ ހަށިގަނޑު ކަނޑުގެ އަޑިން ފެނިއްޖެ

Author
މުޙައްމަދު ޝަޒައިމް
16 ޖެނުއަރީ 2022 04:09
0

އދ. މަންދޫ ކައިރީ ފަރެއްގައި ޑައިވް ކުރަން އުޅެނުކޮށް ގެއްލުނު މީހާގެ ހަށިގަނޑު ކަނޑުގެ 15 މީޓަރު އަޑިން ފެނިއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އިއްޔެ އދ.މަންދޫ ކައިރި ފަރެއްގައި ޑައިވްކުރަނިކޮށް ގެއްލުނު ފަތުރުވެރިޔާގެ ހަށިގަނޑު މިއަދު 15:10 ގައި އެމް.އެން.ޑީ.އެފް ކޯސްޓްގާޑްގެ ޑައިވަރުން ވަނީ ކަނޑުގެ 15 މީޓަރު އަޑިން ހޯދުމަށްފަހު ނަގާފައިވާކަމަށެވެ.

އެމްއެންޑީއެފުން ވިދަޅުވީ އެމީހާ ގެއްލުނުކަމުގެ މަޢުލޫމާތު ކޯސްޓްގާޑަށް ލިބިފައިވަނީ އިއްޔެ 15:55 ގައިކަމަށެވެ. މި ޙާދިސާގައި ގެއްލިގެން ހޯދަމުން ދިޔައީ އުމުރުން 69 އަހަރުގެ އިނގިރޭސިވިލާތުގެ އަންހެނެކެވެ. ގެއްލުނު މީހާ ހޯދުމަށް އެ ސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ކަނޑުގެ އުޅަނދުފަހަރު މިހާރު އިއްޔެއިން ފެށިގެން ދިޔައީ ހަރަކާތްތެރި ވަމުންނެވެ.

އަދި ކަނޑާއި ވައިގެ އުޅަނދުފަހަރު މެދުވެރިކޮށް އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހިންގަމުންދާ މި ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.