ކޮމަންޑޫ ރައްޔިތުން ބޭނުންވާ ތަރައްޤީގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ފެށިފައި ކަމަށާއި، އެމްޑީޕީ ފިޔަވައި، ވޯޓުލާންޖެހޭ އެއްވެސް ޕާޓީއެއް މިހާރު ނޯންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަހުމަދު ވިދާޅުވެއްޖެއެވެ.
ކޮމަންޑޫގައި ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ހަސަންޓޭ ވަނީ ކޮމަންޑޫ ރައްޔިތުން އެހެން ޕާޓީތަކުގެ ކެނޑިޑޭތުންނަށް ތާއީދުކުރާތީ އެކަމާއި ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިގެން ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ މިސަރުކާރުން ކޮމަންޑޫއަށް ވެފައިވާ ހުރިހާ ވައުދެއް މިހާރު އެވަނީ ފެށިފައިކަމަށެވެ. އެހެންކަމުން އެމްޑީޕީ ފިޔަވައި އެހެން އެއްވެސް ޕާޓީއެއްގެ ކެނޑިޑޭޓަކަށް ކޮމަންޑޫ ރައްޔިތުން ތާއީދު ކުރަންޖެހޭ ސަބަބެއް ނެތްކަމަށެވެ.
އޭނާ ވިދާޅުވީ، ކޮމަންޑޫ ރައްޔިތުންގެ އެންމެ ދުވަސްވީ އުންމީދު ކަމުގައިވާ ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް މި ސަރުކާރުން މިހާރު ފަށައިގެން ކުރިއަށް ގެންދާ ކަމަށާއި އަދި އެ ރަށުގައި ފުޓުބޯޅަ ދަނޑު އެޅުމުގެ މަސައްކަތް ވެސް ކުރަން ފަށާފައިވާ ކަމަށެވެ.
އިދިކޮޅު ޕީޕީއެމުން ކޮމަންޑު ދާއިރާގައި އެއާޕޯޓެއް ތަރައްޤީ ކުރުމަށް ވެފައިވާ ވައުދާއި ގުޅިގެން ހަސަންޓޭ ވަނީ ރައީސް ޔާމީނަށް މުޚާތަބުކޮށް ބޭއަދަބީ ބަހުން އެބޭގުޅުންނަށް "އަމާ އެޅޭނީ" ކަމަށް ވިދާޅުވެފައެވެ. އަދި އޭނާ އެހެން ވިދާޅުވުުން ދައުލަތުގެ އިސްވެރިން ހިމެނޭހެން ޖަލްސާގައި ތިބި ގިނަ ބަޔަކުވަނީ އަތްޖަހައި އުފާ ފާޅުކޮށްފައެވެ.
ރުޅި އަރުވާކަމުގައި ވާނަމަ ނުބުނާން ހުންނަ އެއްޗެހި ވެސް ބުނެވޭނެ.
– ހަސަންޓޭ ވިދާޅުވިއެވެ.
ޢިއްޒަތްތެރި މެމްބަރު އަމާ ހަސަންޓޭ. pic.twitter.com/mGyM5S4z6Z
— Nabyl Xamyl (@Nabyl_xamyl_) January 15, 2022
ނައިބު ރައީސް ފައިސަލް ނަސީމްއާ އެކު ށ. ކޮމަންޑޫގައި ރޭ ބޭއްވި ހާއްސަ ޖަލްސާގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފްގެ އިތުރުން ބައެއް މަޖިލިސް މެންބަރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. ކޮމަންޑު ދާއިރާގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުއްލިއަކަށް ފަށާފައިވާއިރު، މިކަންކަމާއި ގުޅިގެން މިއީ ސީދާ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ހިންގޭ އަމަލުތަކެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އިންތިޚާބަށް ނުފޫޒު ފޯރުވުމަށް އިންތިޚާބާއި ދިމާކޮށް، ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ކުއްލިއަކަށް ފެށައި ވައުދުތަކެއް ވަމުންދާއިރު މިކަން ބެލުމަށް ހުށަހަޅާނެ ކޮމިޝަން އޮތީ ޤާނޫނީ ހުސްކަމެއްގެ ތެރޭގައެވެ. ނަމަވެސް ނުފޫޒުގެ ބައެއް މައްސަލަ އިދިކޮޅު ކޯލިޝަނުން ވަނީ އިލެކްޝަނަސް ކޮމިޝަނަށްވެސް ހުށަހަޅާފައެވެ.
ކޮމެންޓު ފޮނުވާ