ޗުއްޓީއަށްފަހު ސްކޫލްތަކުގެ ދެވަނަ ޓަރމްގެ ކިޔެވުން ފަށައިފި

ޗުއްޓީއަށްފަހު ސްކޫލްތަކުގެ ދެވަނަ ޓަރމްގެ ކިޔެވުން ފަށައިފި

Author
މުޙައްމަދު ޖިމީ
16 ޖެނުއަރީ 2022 12:14
0

ސްކޫލްތަކުގެ ފުރަތަމަ ޓާމްގެ ބަންދަށްފަހު ސްކޫލްތަކުގައި ކިޔަވައިދޭން މިއަދު ފަށައިފިއެވެ. މިއަދު ހެނދު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ކިޔަވައިދޭން މިފެށީ 21 ދުވަހުގެ ޗުއްޓީއަކަށްފަހުއެވެ.

ސްކޫލްތަކުގައި ކިޔަވައިދޭން ފަށަފައިވަނީ ކޯވީޑްގެ މިހާރުގެ ހާލަތާއި ގުޅިގެން އަޅަފައިވާ ގިނަ ފިޔަވަޅުތަކާއެކުއެވެ.

މިގޮތުން މާލެ ސަރަޙައްދުގެ ސްކޫލްތަކުގައި ހަފްތާއަކު ދެދުވަހު ދަރިވަރުން ސްކޫލަށް ހާޒިރުވެގެން ކިޔަވައިދިނުމާއި ސެޝަންތައް ކުރުކުރުމަށް މިވަނީ އަންގާފައެވެ. އަދި މި ދަނޑިވަޅުގައި އިތުރު ހަރަކާތްތަކާއި އެއްވެގެން ކުރާ ކަންތައްތައް ކުރިއަށް ނުގެންދިޔުމާއި ކްލާސްރޫމްތަކުގައި 3 ފޫޓް ދުރުމިން ބަހައްޓައިގެން ކިޔަވއިދިނުމުގެ އިތުރުން އަތްދޮވެވޭނެ އިންތިޒާމްތަކާއި ހުންބެލުމާއި ސެނިޓައިޒް ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް އަނެއްކާވެސް މިވަނީ އަންގަވާފައެވެ.

މިއީ ދަރިވަރުންގެ ހައްޤުގައި އެކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރާ މަސައްކަތްތަކެވެ. އަނެއްކާވެސް އިހުގެ ހާލަތަށް ނުދިއުމަށް ކުރެވޭ މަސައްކަތްތަކެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޢަލީ ވިދާޅުވީ ސްކޫލްތަކުގައި ކިޔަވައިދޭން ފަށާފައިވަނީ ސްކޫލްތަކަށާއި ދަރިވަރުންނަށް ބޭނުން ހުރިހާ އިންތިޒާމްތަކާއި ވަސީލްތަތަކާއެކުއެވެ. ސްކޫލްތަކުގައި ދެވަނަ ޓާރްމެގ ކިޔެވުން ފެށިއިރު ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށް ކިޔަވައިދޭން ފަށާފައިވަނީ ފޮރިން މިނިސްޓްރީ ވަގުތީ ގޮތުން ހިންގި އެމްޓީސީސީ ޝޯމިލްގައެވެ. އެތަންވެސް ވަނީ ދަރިވަރުންނަށް ބޭނުންވާ ވަސީލަތްތަކާއި ސްކޫލެއްގެ މާހައުލު ގެނައުމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.