ލެވަންޑޯސްކީގެ ހެޓްރިކާއެކު ބަޔާނުން ލީޑު ފުުޅާކޮށްފި

ލެވަންޑޯސްކީގެ ހެޓްރިކާއެކު ބަޔާނުން ލީޑު ފުުޅާކޮށްފި

ޖަރުމަނު ލީގުގައި ރޭ ކޮލޯން ކޮޅަށް ލެވަންޑޯސްކީ ހެދި ހެޓްރިކާއެކު ބަޔާން މިއުނިކުން ތާވަލްގެ އެއްވަނައިގައި 6 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ރަށުން ބޭރުގައި ބަޔާން ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 0-4 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ލެވަންޑޯސްކީ ހެދި ހެޓްރިކާއެކު އޭނާ ވަނީ ޖަރުމަނު ލީގުގައި 300 ލަނޑު ހަމަކޮށްފައެވެ. ލެވަންޑޯސްކީ 300 ލަނޑު ޖަހާފައި މިވަނީ 369 މެޗުންނެވެ.

ބަޔާން މިއުނިކް އާއި ކޮލޯން ބައްދަލުކުރި މެޗު ފަށައިގެން 9 ވަނަ މިނެޓުގައި ލެވަންޑޯސްކީ ވަނީ ބަޔާންގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްދިނީ، ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. ބަޔާނުން ލީޑު ފުޅާކުރީ މެޗުގެ 25 ވަނަ މިނެޓުގައި ކޮރެންޓިން ޓޮލީސޯއެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން 62 ވަނަ މިނެޓުގައި ލެވަންޑޯސްކީ ވަނީ ބަޔާންގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި އޭނާގެ ހެޓްރިކް ފުރިހަަމަކުރި ލަނޑު ކާމިޔާބުކުރީ، 74 ވަނަ މިނެޓުގައެވެ. ދެވަނަ ހާފުގައި ލެވަންޑޯސްކީ ޖެހި ދެ ލަނޑުވެސް ކާމިޔާބުކޮށްދިނުމުގައި އެހީތެރިވެދިނީ ލެރޯއީ ސާނޭއެވެ.

މި ނަތީޖާއާއެކު ޖަރުމަނު ލީގުގެ އެއްވަނައިގައި ބަޔާން މިއުނިކް އޮތީ 19 މެޗުން ހޯދި 46 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޑޯޓްމަންޑަށް 19 މެޗުން ލިބެނީ 40 ޕޮއިންޓްއެވެ. އަދި ތިންވަނައިގައި ލެވަކޫސަން އޮތީ އޮތީ 19 މެޗުން ލިބުނު 32 ޕޮއިންޓާއެކުއެވެ. ހަތަރު ވަނައިގައި ހޮފެންހޭމް އޮތީ 31 ޕޮއިންޓާއެކުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *