ޓޮޓެންހަމް – އާސެނަލް މެޗު ފަސްކޮށްފި

ޓޮޓެންހަމް – އާސެނަލް މެޗު ފަސްކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި މާދަމާ ރޭ ޓޮޓެންހަމް އާއި އާސެނަލް ވާދަކުރަން އޮތް މެޗު ފަސްކުރަން ޕްރިމިއާ ލީގުން ނިންމައިފިއެވެ.

މި ދެ ޓީމު ކުޅެން އޮތް މެޗު ފަސްކުރަން ހުށަހެޅީ އާސެނަލް އިންނެވެ. އެޓީމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކޯވިޑް-19 ގެ ކޭސްތަކެއްގެ އިތުރުން އިތުރު މައްސަލަތަކެއް ޓީމު ތެރޭގައި އުޅޭތީ، މި މެޗަށް ކުޅުންތެރިން ހަމަނުވުމުގެ ބިރު އޮތުމުން މެޗު ފަސްކޮށްދިނުމަށް އެދޭ ކަމަށެވެ.

އާސެނަލުން އެދުނު ގޮތަށް ޕްރިމިއާ ލީގުން މިއަދު ވަނީ ފަހުގެ ތާރީހަކަށް މި މެޗު ފަސްކުރިކަން އިޢުލާންކޮށްފައެވެ.

ކޯވިޑް-19 ގެ ސަބަބުން ޕްރިމިއާ ލީގުން މިހާތަނަށް ވަނީ 21 މެޗެއް ފަސްކޮށްފައެވެ. ލީގު ޤަވާއިދު ބުނާގޮތުން 13 ކުޅުންތެރިންނާއި ކީޕަަރެއް މެޗު ކުޅެވޭ ހާލަތުގައި ހުރިނަމަ މެޗު ކުޅެން ޖެހޭނެއެވެ.

އާސެނަލް ޓީމުގެ މުހިއްމު ކުޅުންތެރިން ކަމަށްވާ ސެޑްރިކް ސޮއާރޭސް، ބުކާޔޯ ސަކާ އަދި ކަލުމް ޗެމްބާސް އަނިޔާގައި ތިބިއިރު ގްރޭނިޓް ޝަކާ އެންމެ ފަހުން ކުޅުނު މެޗުގައި ދެއްކި ރަތް ކާޑުގެ ސަބަބުން އޭނާ އަށް ސަސްޕެންޝަނެއް އަންނާނެއެވެ. އަދި މީގެ އިތުރުން އެޓީމުގެ ބައެއް ކުޅުންތެރިން މިވަގުތު ތިބީ އެފްރިކަން ކަޕް އޮފް ނޭޝަންސް ކުޅެން ޤައުމީ ޓީމުތަކަށް ދޫކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *