ކޯވިޑް-19 ވެކްސިނެއްގެ ކަނޑައެޅިފައިވާ ޑޯޒްތައް ފުރިހަމަކޮށް 06 މަސް ފުރިހަމަ ވެފައިވާ 18 އަހަރުންމަތީގެ ހުރިހާ ފަރާތްތަކަށް ބޫސްޓަރ ޑޯޒެއްގެ ގޮތުގައި ފައިޒަރ ވެކްސިން ޖެހުމަށް ހުޅުވާލައިފިއެވެ.
އެޗްޕީއޭއިން ވިދާޅުވީ މާލެ ސަރަހައްދުން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ބޫސްޓަރ ޑޯޒް ޖެހުމުގެ އިންތިޒާމު ހަމަޖެހިފައިވާނެކަމަށެވެ. މާލެ ސަރަހައްދުގައި ބޫސްޓަރ ޑޯޒް ވެކްސިން ޖެހުމަށްޓަކައި mv.gov.hpa.book އިން އެޕޮއިންޓް ހެދޭނެ ކަމަށް އެއިދާރާއިން ވަނީ ވިދާޅުވެފައެވެ.
ވެކްސިން ޖަހަންދާއިރު ބަލަންޖެހޭ ކަންތައްތައް:
• އައި.ޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުން
• ބަލީގެ އެއްވެސް އަލާމާތެއް ނެތުން އަދި ކަރަންޓީންގައި ހުރި މީހަކަށް ނުވުން
• ގަޔަށް ދޫ، ފަސޭހައިން ވެކްސިންޖަހާތަން )ކޮނޑު( ދެއްކޭނެ ހެދުމެއްލުން
• ވެކްސިންޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުން
• ވެކްސިން ޖަހަންދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުން
• ވެކްސިން ޖަހަންދާއިރު އެކުގައި އެކަކަށްވުރެ ގިނައިން ނުދިއުން
ރާއްޖޭގައި މިހާތަނަށް ބޫސްޓަރ ޑޯޒް ދެމުން އައިސްފައިވަނީ ކޯވިޑްގެ ޙާލަތުގައި އިސް ސަފުގައި މަސައްކަތްކުރާ މީހުންނާއި ބަލީގެ ހައިރިސްކް ކެޓަގަރީތަކުގެ މީހުންނަށެވެ. ރާއްޖޭގައި ބޫސްޓަރ ޑޯޒް ޖަހަން ފަށާނީ، ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ލިބުނު ވެކްސިން ޑޯޒްތަކުންނެވެ.
މިހާތަނަށް 28،000 އަށްވުރެ ގިނަ މީހުންނަށް ބޫސްޓަރ ޑޯޒް ދީފައިވެއެވެ. ރާއްޖެއަކީ ކޯވިޑް ދިފާޢު ވެކްސިން އެންމެ ފުރަތަމަ ދޭންފެށި ޤައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.
One Response
ތިޔަ ޖަހާފަ އިން ވެބްސައިޓް ރަގަނޅަށް ޖަހާފަ އާޓިކަލް ލިޔެބަ ރަންކޮޅާ