އެސްޓަން ވިލާ ބަލިކޮށް ޔުނައިޓެޑް ހަަތަރު ވަނަ ބުރަށް

އެސްޓަން ވިލާ ބަލިކޮށް ޔުނައިޓެޑް ހަަތަރު ވަނަ ބުރަށް

Author
ޔޫސުފް
11 ޖެނުއަރީ 2022 03:22
0

އިނގިރޭސި އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގައި އެސްޓަން ވިލާ ބަލިކޮށް މެންޗެސްޓަރ ޔުނައިޓެޑް މުބާރާތުގެ ހަަތަރު ވަނަ ބުރަށް ދަތުރުކޮށްފިއެވެ.

ޔުނައިޓެޑްގެ ދަނޑުގައި މިރޭ ކުޅުނު މެޗުގައި އެސްޓަން ވިލާގެ މައްޗަށް ޔުނައިޓެޑް ކުރިހޯދީ 0-1 ގެ ނަތީޖާއަކުންނެވެ.

މި މެޗަަށް ޔުނައިޓެޑުން އެކުލަވާލި ސްކޮޑުގައި ރޮނާލްޑޯ ހިމަނާފައެއްނުވެއެވެ. އަދި އެޓީމުގެ ކެޕްޓަން މެގުއާވެސް ސްކޮޑުގައި ނެތުމުން މި މެޗުގައި ކެޕްޓަންބޭންޑް އަޅައިގެން ކުޅުނީ ބްރޫނޯ ފެނާންޑޭޒްއެވެ.

ޔުނައިޓެޑާއި އެސްޓަން ވިލާ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގައި ޔުނައިޓެޑުންލަނޑު ޖެހީ އެޓީމަށް ލިބުނު ކޯނަރަކުންނެވެ. މި ލަނޑު މެޗުގެ 8 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މެކް ޓޮމިނޭއެވެ.

މެޗުގެ ދެވަނަ ހާފުގައި އެސްޓަން ވިލާއިން ވަނީ ކުޅުން ރަނގަޅުކޮށް ޔުނައިޓެޑްގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން ދެވަނަ ހާފުގައި އެސްޓަން ވިލާއަށްލިބުނު ކޯނަރަކުން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކުރި ނަމަވެސް ރެފްރީ ވަނީ ވީއޭއާރު ބެލުމަށްފަހު އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ. މިލަނޑަށްފަހުވެސް މެޗުގެ ގިނައިރު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނީ އެސްޓަން ވިލާއިންކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.