ބިލިއަނުން ޑޮލަރާއި، ޓިކެޓް ދިނަސް ކޮމަންޑޫ ދާއިރާއަށް ވާދަނުކުރާނަން: ނިހާދު

ބިލިއަނުން ޑޮލަރާއި، ޓިކެޓް ދިނަސް ކޮމަންޑޫ ދާއިރާއަށް ވާދަނުކުރާނަން: ނިހާދު

Author
މުޙައްމަދު ޖިމީ
10 ޖެނުއަރީ 2022 07:51
0

ބިލިއަނުން ޑޮލަރާއި، އިންތިޚާބުގައި ވާދަކުރާނެ ޓިކެޓް ދީފައި ކޮމަންޑޫ ދާއިރާއަށް ވާދަކުރަން ބުނިނަމަވެސް ނުކުރާނެކަމަށް ވިދާޅުވެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު އިދކޮޅަށް ފާޑުވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ދާއިރާއެއްގެ ގޮތުގައި އެދާއިރާގެ މެންބަރު ޙުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެން އެދާއިރާގެ ބައި އިލެކްޝަނަށް ހުޅުވާލުމުން އެމްޑީޕީއާއެކު ތިން ޕާޓީއަކުން ވާދަކުރެއެވެ.

ނިހާދު ވިދާޅުވީ ކޮމަންޑޫ ދާއިރާއަށް އެހެން ޕާޓީތަކުން މިފަހަރު ކުރިމަތިލުމަކީ ވަރަށް ލަދުވެތިކަމެއްކަމަށެވެ. އެ ދާއިރާއަށްޓަކައި އަދި އިސްލާހަށް ޤުރުބާންވެވަޑައިގެންނެވި އެދާއިރާގެ ކުރީގެ މެންބަރު މަރްހޫމް ޙުސައިން ވަޙީދުގެ ހައްގުގައިވެސް އެއްވެސް ޚުލްގެއް ހުރިބަޔަކު އެ ދާއިރާއަށް ވާދަކުރުމަށް ނުނިކުންނާނެކަމަށްވެސް ނިހާދު ވިދާޅުވިއެވެ.

އޭނާ ވަނީ ބިލިއަނުން ޑޮލަރާއި، އެ ދާއިރާގެ ޓިކެޓް ދީފައި ވާދަކުރަން ބުނިނަމަވެސް ނުކުރާނެކަމަށް ބުނެ، އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވެފައެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ ކުރިން އެދާއިރާގެ މެންބަރުކަންކުރެއްވި ޙުސައިން ވަޙީދު އަވަހާރަވުމާއި ގުޅިގެންނެވެ. ޙުސައިން ވަޙީދު އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅުގައެވެ.

ކޮމަންޑޫ ދާއިރާއަށް ތިން ޕާޓީން ވާދަކުރެއެވެ. އެއީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީންނާއި، އިދިކޮޅު ޕީޕީއެމުންނާއި ދާދިފަހުން އުފެދުނު އެމްއެންޕީންނެވެ. އެދާއިރާގެ ގޮނޑިއަށް ވާދަކުރުން ފޯރިގަދަވެ ވާދަވެރިކަން ވަނީ އިތުރުވެފައެވެ. އިންތިޚާބު އޮންނާނީ އަންނަ މަހުގެ 5 ވަނަ ދުވަހުއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

1 12321
މި ދެންކާކު، މިކަހަލަ ބޯގޯސް އަހަރެމެންގެ ގާނޫނު ހަދާމަޖިލީހުގަ މިތިބީ، ދެންކިހިނެތް ކަމެއް ރަގަޅުވާނީ، މީނަ ކޯޗެއް އަހަރެމެނައް ވިސްނަދޭން މިއުޅެނީ، ފައިސާދިންވަރެއް އޮންނާނީ، މިކަހަލަ މީހުން ގޮވާކޮސް މީޑިޔާއިން ވސް އިގްނޯކުރަންވީ
އ އުދުހޭކޮކާ
އަޅެ ކަލޭ ތިކިޔާ އެއްޗެއް ކަލެއަށް އެނގޭތަ؟ ހ.ވަޙީދުގެ ހައްގުގައި އެމްޑީޕީ އިން ވާދަނުކުރަންވީނު.ދެން މިހާރު މިއޮތީ އެމްޑީޕީ ގެ ވެރިކަމެއް އިބޫ ކުރިމަތިލާތީ އެހެން ޕާޓީ އަކުން ކުރިމަތި ނުލާންވީއޭތޯ؟ ގަމާރުވެސް ތިވަރު ބޮޑު.
ޢ ޢަވާމެނދުރު
ތިޔައެން އެގޭނީ ދިނކޮނލީމަ ހިފާކަމެތް ނުހިފާކަމެތްވެސް ދެންދެން ތިހެންކިޔާނެ